March 14, 2026
Advertisement
އަތޮޅުތަކާއި ރަށްރަށުގެ ބާރުތައް ސަރުކާރުން ފޭރިގަނެފި: ރައީސް ޔާމީން
އަތޮޅުތަކާއި ރަށްރަށުގެ ބާރުތައް ސަރުކާރުން ފޭރިގަނެފި: ރައީސް ޔާމީން / ޕީއެސްއެމް

އަތޮޅުތަކާއި ރަށްރަށުގެ ބާރުތައް ސަރުކާރުން ފޭރިގަނެފި: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Nov 28, 2025, 09:11 PM
މާލެ ސިޓީ

އަތޮޅުތަކާއި ރަށްރަށުގެ ބާރުތައް ސަރުކާރުން ފޭރިގަނެފައިވާ ކަމަށް، ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުން ގެންދާ ޓައުން ހޯލު ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެރޭގެ ޖަލްސާގައި އޯޑިއެންސްގައި އިންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ގާނޫނުއަސާސީ އާއި ގާނޫނުގައި އަތޮޅު ކައުންސިލް ބަޔާންކުރާ މާއްދާތައް އުނިކުރުމުގެ އިތުރުން ގާނޫނަށް ގެނައި އެއް އިސްލާހަކީ ސަރުކާރުން މަޝްރޫއެއް ހިންގުމަށް ކައުންސިލުން "އެކަށީގެންވާ މުއްދަތެއްގައި" ހުއްދަ ނުދީފި ނަމަ މަޝްރޫއުތައް ހިންގޭނެ ކަމަށް ނިންމާފައިވާ ނިންމުމަށް އިޝާރަތްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެ ހާލަތުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ދަށުން ހިންގާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހުއްދައާ އެކު އެ މަޝްރޫއޫއެއް ނުވަތަ ހަރަކާތެއްގެ މަސައްކަތް އިދާރީ ދާއިރާތަކުގައި ކުރިއަށް ގެންދިއުމުގެ ބާރު ސަރުކާރަށް ލިބިގެންވެއެވެ.

ސަރުކާރުގެ އެ ނިންމުމަކީ އަތޮޅުތަކާއި ރަށްރަށުގެ ބާރުތައް ސަރުކާރުން ފޭރިގަތުމުގެ ގޮތުގައި ރައީސް ޔާމީން ވަނީ ސިފަކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ވެރިރަށް މާލޭންނާއި ރައީސް އޮފީހުން ހުރިހާ ކަމެއް ނިންމާ ޒަމާން ވޭތުވެދިޔަތާ 15 އަހަރު ވެގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އަލުން އެ ބާރުތައް "ބައްކުރަން" މަސައްކަތްކުރުމަކީ ގޯހެއް ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އަތޮޅު ކައުންސިލް އުވާލުމުން ސަރުކާރުން ފޭރިގަތީ އަތޮޅުތަކަށް ގާނޫނުންނާއި ގާނޫނުއަސާސީން ދީފައިވާ ބާރުތައް އެކަނި ނޫން ކަމަށާއި ސަރުކާރުން އެ އުޅެނީ އަތޮޅުގެ އެތެރެވަރީގައި ހުރީ ފަޅުރަށްރަށުގެ ބިން ވެސް ފޭރެން ވެގެން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެ މީހުންގެ ރަށްރަށުން ބިން ދޫކުރަންވީ ގޮތް ނިންމާކަށް ނޭނގޭނެ މި ތަނަކުން. މާލެއަކުން ނޭނގޭނެ. އެ ހިސާބަށް (ސަރުކާރުން) މި ތޮރުފި ގަތީ، ގާނޫނުގައި ރަށްރަށުގެ ބިމާއި އިހުތިސޯސް ކަނޑައަޅާފައި އޮތުމަށް ފަހު، އަތޮޅުގެ ހުރި އެހެން ފަޅުރަށްތައް ދެން ކާކުތޯ ބަލަހައްޓާނީ؟ އަނެެއްކާ ވެސް އަންނަންވީ ކޮންމެ ވެސް މިނިސްޓްރީއެއްގެ ދަށަށް. މިއީ ނޫންތޯ މި ކުރާކަމަކީ؟ ބިން ވެސް ފޭރެން މި އުޅެނީ.

ރައީސް ޔާމީން

އަތޮޅު ކައުންސިލްތައް އުވާލުމަކީ އެ މަނިކުފާނު ވަރަށް ދެކޮޅު ކަމެއް ކަންވެސް ރައީސް ޔާމީން ވަނީ އެ ޖަލްސާގައި ހާމަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved