ވަކި މީޑިއާތަކެއް ގޮވައިގެން ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކާ މަންޒަރު ވީޑިއޯ ކުރުމަށާ ފޮޓޯ ނެގުމަށް ކަނު އަނދިރީގައި ދިޔަ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
މިކަމުގެ މައުލޫމާތު ހިއްސާކޮށް ތަނަށް ދިޔަ މީޑިޔާއެއްގެ ފަރާތުން ބުނެފައިވަނީ އިރު އޮއްސި ހައެއް ޖެހިއިރު އެ ދަތުރު ފެށި ކަމަށާ އެ ދަތުރުގައި ގެންދިޔަނީ ވަކި ވަކި މީޑިޔާތަކަށް ޕްރައިވެޓުކޮށް ދިން ދައުވަތެއްގައި ކަމަށެވެ. އަދި މީޑިޔާތައް ގޮވައިގެން ދަތުރު ކުރި ސަރުކާރުގެ ކުންފުނި އެމްއޭސީއެލްގެ މުވައްޒަފުން ކަމަށް ވެސް ބުނެފައިވެއެވެ.
މި ސަރުކާރަކީ މޮޅެތި ރީތި ހެޑްލައިންތަކުންނާއި، ރީތި ވީޑިއޯތަކުން ހިންގާ ސަރުކާރެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައިވާއިރު ސަރުކާރުގެ އަމަލުތަކުން މިފަދަ ވާހަކަތަކަށް ބާރު ލިބިގެންދާކަން ފާހަގަކުރެވެއެވެ.
ސަރުކާރުގެ ސިޔާސަތުތައް ބިނާވެގެންދާނީ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ ކަމާއިއެކު ކަމަށް އަޑަށް ބާރުލާފައި ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވިއަސް ފެނިގެންދަނީ މީޑިއާތަކުގެ މެދުގައިވެސް ތަފާތުކުރުންތައް ގެންގުޅުއްވާ މަންޒަރެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ސަރުކާރު ޒިންމާދާރު ކުރުވުމަށް މަސައްކަތް ކުރައްވާ މީޑިއާތައް އެއް ފަރާތް ކުރުމަށްފަހު ސަރުކާރު ޕްރޮމޯޓް ކުރުމަށް އެންސްޕާގެ ފައިސާ އާއި ދައުލަތުގެ ފައިސާތަކަށް ޚިޔާނާތްވެ އެމް.އެމް.ޓީވީ ގެ ނަމުގައި ޗެނަލްތައް އުފައްދަވާ ރެޔާއި ދުވާލު މުއިއްޒަށް ޘަނާ ކިޔާ މީޑިއާތަކަށް ހުރިހާ ކަމެއްގައިވެސް އިސްކަން ދެމުންދާތަން ފެނިގެންދެއެވެ.
މީގެ އިތުރުން، ސަރުކާރުން ރައްޔިތުންގެ ފައިސާއިން ވަކި މީޑިއާތަކަށް ފައިސާ ދީގެން ސަރުކާރު ޕްރޮމޯޓްކުރަމުންދާއިރުވެސް ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ޖަރީމާތައް ރައްޔިތުންނަށް އަންނަނީ ހާމަވަމުންނެވެ.
މުއިއްޒުގެ ސަރުކާރަކީ ކޮންމެ ކަމެއްގައިވެސް މޮޅެތި ހެޑްލައިންތަކުން ރައްޔިތުން މޮޔަ ހައްދަމުން ދުވާ ސަރުކާރަކަށް ވާއިރު ސަރުކާރަށް ވާގިވެރިވާ މަދު މީޑިއާ ކޮޅެއް ގޮވައިގެން ފޭސް ތިނެއްގެ މަސައްކަތް "މުއިއްޒު ސްޕީޑް" ގައި ކުރިއަށް ދާކަން ދެއްކުމަށް ކަނު އނދިރީގައި ވަނީ އެ ސަރަހައްދަށް ދިޔުމާއި އެކު އާންމުންނާއި ބައެއ ްމީޑިއަތކުގެ ނުރުހުން ވަނީ އަމާޒުވެފައެވެ.