March 15, 2026
Advertisement
މުއިއްޒުގެ އަމާޒަކީ ގައުމު ފުނޑާލައިގެންވެސް ވެރިކަމުގައި ދެމި ހުރުން: ޑރ ޖަމީލު
މުއިއްޒުގެ އަމާޒަކީ ގައުމު ފުނޑާލައިގެންވެސް ވެރިކަމުގައި ދެމި ހުރުން: ޑރ ޖަމީލު / ސޯޝަލް މީޑިއާ

މުއިއްޒުގެ އަމާޒަކީ ގައުމު ފުނޑާލައިގެންވެސް ވެރިކަމުގައި ދެމި ހުރުން: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 15, 2026, 02:37 PM

ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަމާޒަކީ ގައުމާ މެދު ކޮންމެ ގޮތެއް ވިޔަސް ވެރިކަމުގައި ދެމިހުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުން ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ކައުންސިލް އިންތިހާބު ބޯމަތިވެފައިވަނިކޮށް އާރުޑިސީއަށް 170 އަށް ވުރެ ގިނަ މުވައްޒަފުން ނގަަން އިއުލާންކޮށްފައިވާވުމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވަނީ އެކްސްގައި ނުރުހުން އަމާޒުކޮށް ޕޯސްޓުކުރައްވާފައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ފެންނަމުންދަނީ، ރައީސް މުއިއްޒު ޚަރަދު ކުޑާކުރާ ގޮތް ކަމަށާ އެހެންކަމުން ސަރުކާރުން ޚަރަދު ކުޑަ ކުރާ ކަމަށް ބުނެ ޕްރޮމޯޓުކުރާ މީހުންވެސް ހިމާޔަތް ކުރަނީ އަމިއްލަ މަސްލަހަތުކަމަށް ޑރ ޖަމީލު ތުހުމަތުކުރައްވާފައިވެއެވެ.

އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ނާޒުކު ދަނޑިވަޅެއްގައި އޮތްއިރުވެސް، ސަރުކާރުން ފެންނަނީ ގައުމަށް ހިޔާނާތްތެރިވަމުންދާ މަންޒަރެވެ. އަދި ދައުލަތުގެ ބާރުތައް ޖަމާކޮށް، ވެރިކަމުގައި ދެމިހުރުމަށްޓަކައި ގައުމު ފުނޑާލަން ވެސް ރައީސް މުއިއްޒު ފަސްޖެހިވަޑައިނުގަންނަވާނެއެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބާ މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ނަގާ ރިފަރަންޑަމް ވޯޓުގައި ފާޅުގައި ރައްޔިތުން "ނޫނެކޭ" ބުނަން ޖެހޭކަމަށްވެސް ޑރ ޖަމީލު ވަނީ އިލްތިމާސް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު އަމާޒު ހިފާފައި ހުރީ ގައުމު ފުނޑާލައިގެން ވެސް ބާރުތައް ޖަމާކޮށް ވެރިކަމުގައި ދެމިހުރުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved