May 10, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

Aiminath Sarah
އައިމިނަތް ސާރާ
Nov 29, 2025, 05:42 PM
މާލެ ސިޓީ

ބްރިޖާ ގުޅިފައި އޮންނަ ހައިވޭގައި މއިަދު ހެނދުނު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

Advertisement

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގިކަމުގެ މައުލޫމާތު ލިބުނީ 09:00 ގައި ކަމަށެވެ. އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއަށް އަރަންދާ 4 ލޭނު ނިމޭހިސާބުގައި ސައިކަލަކާއި ޕިކަޕެއް ޖެހިގެންނެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެންމީހާގެ ކޮނޑުހުޅު ނެއްޓި އެކިކަހަލަ އަނިޔާތައް ލިބިފައިވާކަމަށެވެ.

އަދި ސައިކަލްގައި އިން އިންޑިއާއަށް ނިސްބަތްވާ 22 އަހަރުގެ އަންހެންމީހާގެ ގައިގެ އެކި ތަންތަން މަށައިގެންގޮސް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.

އަނިޔާވި މީހުންނަށް މިހާރު ފަރުވާ ދެމުން އަންނައިރު މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved