މާލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 12:45 އެހައިކަންހާއިރު، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގެ ހައިވޭގައެވެ.
މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ހައިވޭގެ ކާރު ލޭނުގައި މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެހެން ކާރެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ޖެހުމުގެ ސަބަބުންނެވެ.
ފުލުހުން ބުނީ ފަހަތުން އައިސް ޖެހުނު ކާރު، އެ ވަގުތު އެ ސަރަހައްދުން ދުއްވާފައި ދިޔަ ހަތަރު ސައިކަލެއްގައިވެސް ޖެހިފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވި ހަތަރު މީހުންނަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ، އެ މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.