March 20, 2026
Advertisement
ރ. ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުދިން މާލެ ގެނައުމަށް ލޯންޗަށް އަރުވަނީ.-- ފޮޓޯ: ފައިނު އޮންލައިން
ރ. ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުދިން މާލެ ގެނައުމަށް ލޯންޗަށް އަރުވަނީ.-- ފޮޓޯ: ފައިނު އޮންލައިން / ފޭސްބުކް

ފައިނު އެކްސިޑެންޓު: ދެ ދަރިވަރާއި ޓީޗަރު ވެންޓިލޭޓަރުގައި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 28, 2025, 05:49 PM
މާލެ ސިޓީ

ރ. ފައިނުގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ ދަރިވަރުންނާއި ޓީޗަރަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

Advertisement

މި އެކްސިޑެންޓު ހިނގީ ފައިނު ސްކޫލުގައި ކިޔަވަމުންދާ ދެ ދަރިވަރަކު ސައިކަލެއްގައި ދަނިކޮށް، އެ ވަގުތު ދުވަން ނުކުމެ އުޅުނު ސްކޫލުގެ ޕްރިންސިޕަލާއި އިސްލާމް ޓީޗަރުގެ ގައިގައި ޖެހިގެންނެވެ. ޕްރިންސިޕަލްގެ ހާލު ރަނގަޅު ނަމަވެސް، ދަރިވަރުންނާއި ޓީޗަރުގެ ހާލު ސީރިއަސް އެވެ.

އައިޖީއެމްއެޗް އިން ބުނީ، ބުރާސްފަތި ދުވަހު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެގެން ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން އަންނަނީ، ފައިނު ސްކޫލުގެ 49 އަހަރުގެ އިސްލާމް ޓީޗަރަށާއި ސައިކަލުގެ ފަހަތުގައި އިން އެ ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ 14 އަހަރުގެ ކުއްޖާގެ އިތުރުން ގްރޭޑް 10 މި އަހަރު ނިންމި 16 އަހަރުގެ ކުއްޖާއަށް ކަމަށެވެ.

ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ބުނީ އެ ހޮސްޕިޓަލަށް ގެނައި ދެ ކުދިންނާއި ޓީޗަރުގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.

ފުލުހުން ވަނީ، އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved