March 20, 2026
Advertisement
ތޭރަ އާ އަޝްފާ، ދަރިފުޅު އަލްސަންއާ އެކު
ތޭރަ އާ އަޝްފާ، ދަރިފުޅު އަލްސަންއާ އެކު / ސޯޝަލް މީޑިއާ

އެކްސިޑެންޓުވެ ނިޔާވީ ލަވަކިޔުންތެރިޔާ އަޝްފާއާ ތޭރަގެ ހަމައެކަނި ދަރިފުޅު!

Mariyam Isaadha
މަރިޔަމް އިސާދާ
Jul 14, 2025, 04:15 AM
މާލެ ސިޓީ

މާލޭގައި މިރޭ ހިނގާ ދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ރާއްޖޭގެ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމުގައިވާ ފާތިމަތު އަޝްފާއާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހުރި ހަމައެކަނި ދަރިފުޅުކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވެ ހޮސްޕިޓަލަށް ގެންދިޔަތާ މާގިނައިރުތަކެއް ނުވެ ތޭރައާ އަޝްފާގެ ލޯބިވާ ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު (17 އ) ވަނީ ނިޔާވެފައެވެ. އަލްސަން އިނީ އެކްސިޑެންޓުވި ސައިކަލް ދުއްވަން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ދުލުހުން ކުރިން ހާމަކުރި ގޮތުގައި، މާފަންނު ބަސް ޓާމިނަލް ކައިރީގައި ހިނގި އެ އެކްސިޑެންޓުގައި 3 މީހަކަށް އަނިޔާވެ އައިޖިއެމްއެޗަށް ވަނީ ގެންގޮސްފައެވެ. އަދި އޭގެ ތެރެއިން 17 އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފައެވެ.

އެކްސިޑެންޓްވީ ކާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ. ޕިކަޕެއްގައި ވެސް ޖެހުނެވެ. އެ މީހާ ގައިގައި ޖެހުނީ ކަފިހި ހުރަހުން މަގު ހުރަސް ކުރަނިކޮށެވެ.

އެކްސިޑެންޓުގައި އެކަކު ނިޔާވެފައިވާއިރު އަނެއް ދެމީހުންގެ ހާލުވެސް ސީރިއަސް ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved