

ރ. ފައިނުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވެ އިތުރު ފަރުވާއަށް މާލެ ގެނައި ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި އެވެ.
މި ދެ ކުދިންގެ ތެރެއިން 16 އަހަރުގެ ކުއްޖާ އަކީ ސައިކަލް ދުއްވި ކުއްޖާ އެވެ. އަދި އަނެއް ކުއްޖާ އަކީ ސައިލުގެ ފަހަތުގައި އިން ކުއްޖާ އެވެ. އެ މީހުން ބާރު ސްޕީޑްގައި ދުއްވި ސައިކަލް އެކްސިޑެންޓްވީ ކަސްރަތަށް ދުވަން ނުކުމެ އުޅުނު ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ.
އެއީ ފައިނު ސްކޫލްގެ ޕްރިންސިޕަލާއި އިސްލާމް ޓީޗަރަކެވެ.
އެކްސިޑެންޓްގައި ހަތަރު މީހުންނަށް ވެސް އަނިޔާވި ނަމަވެސް އެންމެ ބޮޑަށް އަނިޔާވި ދެ ކުދިންނާއި ޓީޗަރަށެވެ.
މި ހާދިސާގައި އަނިޔާވި ޓީޗަރަށް މިހާރުވެސް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗް އައިސީޔޫގައި ވެންޓިލޭޓަރުގަ އެވެ.
އެކްސިޑެންޓާ ގުޅިގެން ފުލުހުން ސައިކަލް ޓޯކޮށްފައިވާ އިރު، މި ހާދިސާ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.