theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކަފިހިހުރަސްމަތިން ދިޔަ މީހެއް ގައިގައި ސައިކަލުން ޖެހުމުން، ސައިކަލު މަޑުނުކޮށް ފިލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ / ޕޮލިސް މީޑިޔާ
ހަބަރު
ކަފިހި ހުރަސް މަތިން ދިޔަ މީހަކު ގައިގައި ސައިކަލުން ޖެއްސުމަށް ފަހު ފިލި މީހަކު ހައްޔަރުކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
20 ޖޫން 2025
މާލެ ސިޓީ

ކަފިހި ހުރަސް މަތިން ދިޔަ މީހަކު ގައިގައި ސައިކަލުން ޖެއްސުމަށް ފަހު ފިލި މީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމާލޭގައި ކަފިހި ހުރަސް މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި އެ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހުމުން، ސައިކަލު ދުއްވަން އިން މީހާ މަޑުނުކޮށް ފިލި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރުމުން މައްސަލައިގެ ތަހުގީގު ވަނީ ފަށަފައެވެ. އަދި ސައިކަލް ދުއްވަން އިން މުހައްމަދު ނާޝިއު 20، ގއ. މާމެންދޫ، މޫންލައިޓްވިލާ، ވަނީ ހައްޔަރުކޮށްފައެވެ.

އިއްޔެ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މިދިޔަ ހޯމަ ދުވަހު މި ހާދިސާ ހިނގިއިރު ނާޝިއުއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ

އެ އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ހުޅުމާލެ ފޭސް އެކެއް ނިރޮޅުމަގު، އައިއޯއެން ފިހާރަ ކުރިމަތީގައި އޮންނަ ކަފިހި ހުރަސް މަތިން މަގު ހުރަސްކުރި އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަށް ސީރިއަށް އަނިޔާތަކެއް ލިބިފައިވާތީ އައިޖީއެމްއެޗް ދަނީ ފަރުވާދެމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved