March 11, 2026
Advertisement
-
- / ސަން އޮންލައިން

އަދުރޭ ބާކީކޮށް ބޮޓޭކޯ ގަދަކޮށްފި

Dec 1, 2025, 02:37 AM
މާލެ ސިޓީ

ޒަމާނުއްސުރެ ޕީއެންސީގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ކަންކަމުގައި ލީޑުކުރަމުން ގެންދިޔަ އަބްދުއްރަހީމު އަބްދުﷲ ބާކީކޮށް، ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެޕްމެއިން މެނޭޖަރަކަށް އިނގުރައިދޫ ދާއިރާގެ މެމްބަރުކަމުގައި ހުރި އިބްރާހިމު ފަލާހު އައްޔަންކޮށްފިއެވެ.

Advertisement

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން މެނޭޖަރަކަށް ފަލާހު އައްޔަންކުރިކަން ޕީއެންސީއިން ހާމަކޮށްފައިވަނީ، މިއަދުގެ ވަގުތެއްގައެވެ.

ފަލާހު ކެމްޕެއިން މެނޭޖަރަކަށް އައްޔަންމި ކުރީ ޕާޓީގެ ގިނަ ކަންކަމުން އެ ޕާޓީގެ ޗެއަރޕާސަންގެ ގޮތުގައި ހުރި ފޮނަދޫ ދާއިރާގެ މެމްބަރު އަދި މަޖިލިސް ރައީސް އަބްދުއްރަހީމު އެކަހެރިކޮށްފައިވާކަމުގެ އަޑުތައް ގަދަވެފައިވަނިކޮށެވެ.

އެގޮތުން އެ ޕާޓީއިން ދާދި ފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެނެސްގެން ބޭއްވި އެއްވުމުގައިވެސް އަންދުއްރަހީމަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދީ އެ ފުރުސަތު ދީފައިވަނީ ފަލާހު އަށެވެ.

ޕީއެންސީގެ ކެމްޕެއިނު ލީޑު ކުރަން، ފަލާހު ހަމަޖެއްސިއިރު، މިދިޔަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރަކަށް ހުންނެވީ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމެވެ.

ރިޔާސީ އިންތިހާބުގެ އިތުރުން، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަދި މާލޭގެ މޭޔަރަކު ހޮވަން ބޭއްވި އިންތިހާބުގައި ވެސް ޕީއެންސީގެ ކެމްޕެއިނު ލީޑު ކުރެއްވީ އަބްދުއްރަހީމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved