theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މޫސުން ގޯސް / ސޯޝަލް މީޑިއާ
ހަބަރު
ކުރަމުންދާ ވިއްސާރަ އަލިވެ މޫސުން ރަގަޅު ވާނީ ހުކުރުގެ ފަހުން: މެޓު އޮފީސް
01 ޑިސެމްބަރު 2025
މާލެ ސިޓީ

ތޫފާން ޑިޓުވާގެ އަސަރުކޮށް ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވެ މޫސުން ރަގަޅު ވާން ފަށާނީ ހުކުރު ދުވަހުގެ ފަހުން ކަމަށް ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ މެޓު އޮފީހުން ހާމަކޮށްފިއެވެ.

މެޓުން ހާމަކުރި ގޮތުގައި، މެދު ރާއްޖެތެރެއަށް ބޮޑަށް ވިއްސާރަކޮށް ގަދަ ވާނެ ކަމަށް ލަފާކުރެވޭއިރު އެ ސަރަހައްދަށް 10 މޭލާއި 20 މޭލަށް ވައިގަދާވާނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ފަސް މޭލާއި 15 މޭލަށް ވައިގަދަ ވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

ވިލާގަނޑުގައި ގަޑިއަކު 35 މޭލާ 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

މެޓުން ބުނި ގޮތުގައި، ޑިސެމްބަރު 5 ވަނަ ދުވަހާ ހިސާބަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް ދޭތެރެއަކުން މޫސުން ރަނގަޅު ވާނެ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަސް ރާއްޖޭގެ މުސުން ކުރިއަށް ލފާކުރާ ގޮތަށް ބަލާއިރު، އެކި ހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްެތަކަށް ގުގުރުން އެކަށީގެންވެއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ބާރުވުން އެކަށީގެންވެއެވެ.

ހުރިހާ ހިސާބަކަށްވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެއެވެ. ރާލުގެ އުސްމިން ހުންނާނީ 3 - 6 ފޫޓާ ދެމެދުގައެވެ.

މޫސުން ގޯސްވެފައިވާތީ ހުރިހާ ބޭފުޅުން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް މެޓުން ވަނީ އިލްތިމާސް ވެސް ކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved