
ރީތި ހުތުރުކިޔާ އެއްޗެއްވެސް އޮންނަކަމަށް އެންއެފްގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ރައީސް މުހައްމަދު މުއިއްޒުއަށް އަމާޒުކޮށް ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިފަދައިން ވިދާޅުވީ ރައިސް މުއިއްޒު އެމެރިކާއަށް ކުރައްވާ ފަސް ވަނަ ދަތުރުފުޅާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.
މުއިއްޒުއަށް ރިއާއަތްކޮށް، އެމަނިކުފާނު ވިދާޅުވީ ރީތި ހުތުރުކިޔާ އެއްޗެއްވެސް އޮންނަކަމަށެވެ. އަދި ތިމާއަށް ކުޑައިރު ނުވެ ހުރި ނުވަތަ، ހުވަފެނެއްގޮތަށް ދެކުނު ހުރިހާ ކަމެއް ރައްޔިތުންގެ ޓެކްސް ފައިސާގައި ވެރިކަމުގައި ހުރެ ފުއްދުމަކީ އިންތިހާއަށް ހުތުރުކަމެއްކަމަށެވެ.
މީގެ އިތުރުން، ޔޫކޭ އެމްބަސީއާ އެތަނުގެ ވަސީލަތް އަމިއްލަ ބޭނުމަށް ބޭނުންކުމަކީވެސް ޑިމޮކްރަސީގައި ހުއްދަ ކުރާކަމެއް ނޫންކަމަށް ޑރ. ޖަމީލު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިހާރު މުއިއްޒުއަށް ކުރެވޭ ފައިސާގެ ތުހުމަތަށް ބަލާއިރު ބޭންޖަހާފަ ތިގޮތަށް ބުރަ މަސައްކަތްކުރާ ރައްޔިތުންގެ ޓެކްސް ފައިސާގައި ދަތުރު ހަދައިގެން ދިއުމާއި، ކޮންމެ ފަހަރަކު އެމްބަސީ ސްޓާފުންގެ ގެތަކުން ކައްކުވައިގެން ކައިގެން އުޅުން ވަރަށް މުޑުދާރުކަމަށްވެސް ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.
އެއަށްވުރެ މުއިއްޒުގެ ފުދުންތެރިކަން ބޮޑުވާން ވާނެކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.










