March 16, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ކުޑަކުދިންތަކަކާ ބެހުނު މައްސަލައިގައި ސަނީ އުމަރު ފުރަން ގޮއްސަ ހުއްޓާ ހައްޔަރުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Dec 2, 2025, 04:40 AM

"ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގެ ވެރިޔާ ހުސައިން ސަނީ އުމަރު، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން، ރާއްޖެއިން ބޭރަށް ފުރަން އުޅެނިކޮށް މިރޭ ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ސަނީ އުމަރު މިއަދު ރާއްޖެ އައުމާއެކުގައި، ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޔުނިޓަށް ވަނީ ސުވާލު ކުރުމަށް ހާޒިރުކޮށްފައެވެ. އޭނާ އެއާޕޯޓުން ނުކުތުމާއެކު ފުލުހުންގެ ވެހިކަލެއްގައި އެ ޔުނިޓަށް ގެންގޮސް، ސުވާލު ކުރުމަށް ފަހު ދޫކޮށްލި ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް، އޭނާ މިރޭގެ ވަގުތެއްގައި ހައްޔަރުކުރީ ރާއްޖެއިން ފުރަން ގޮސް ހުއްޓާ އެއާޕޯޓުގެ ތެރެއިންނެވެ. މި މައްސަލަތައް ފެންމަތިވުމާއެކު، ސަނީ އުމަރު ވަނީ ކުރިން އިންޑިއާއަށް ގޮސްފައެވެ. އޭނާއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ އަނިޔާ ލިބިފައިވާ ކުދިންގެ އާއިލާތަކުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved