March 22, 2026
Advertisement
އަހުމަދު މުހައްމަދު ނިޝާން
އަހުމަދު މުހައްމަދު ނިޝާން / ތޭރަ އޮންލައިން

ދައްކާ ދަޅައަކަށް ވޯޓު ވިއްކާ ނުލުމަށް ނިޝާން ގޮވާލައިފި

Fathmath Reem
ފާތުމަތު ރީމް
Mar 4, 2024, 04:26 PM
މާލެ ސިޓީ

ބަޔަކު އައިސް ދައްކާ ދަޅައަކަށް ވޯޓު ވިއްކާ ނުލުމަށް ކުރިއަށް މިއޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ޕީއެންއެފްގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ނިޝާން ގޮވާލައިފިއެވެ.

Advertisement

ނިޝާން މިފަދައިން ގޮވާލާފައިވަނީ ރައްޔިތުން މަޖިލިސް އިންތިހާބުގައި ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުން ތައާރަފް ކުރުމަށް ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނިޝާން ވިދާޅުވީ ދާއިރާއަށް ކުރިމަތި ލައްވާ ކޮންމެ ކެނޑިޑޭޓެއްވެސް އައިސް ވައުދު މައްޗަށް ވައުދު ވަމުން ދާކަމަށާއި އެހެން ނަމަވެސް 15 އަހަރު ވެގެން ދާއިރުވެސް ރައްޔިތުންގެ ހާލަތައް ބަދަލެއް ނާންނަ ކަމަށެވެ.

މީގެ އިތުރުން ނިޝާން ވަނީ ބުނާ އެއްޗަކަށް ނުވަތަ ދައްކާ ދަޅައަކަށް ވޯޓު ވިއްކާ ނުލުމަށް ގޮވާލާފައެވެ. އަދި ހަމައެހެންމެ ރައްޔިތުން މިކަމަށް ޒިންމާ ވުމަށްވެސް ވަނީ ގޮވާލާފައެވެ.

ތިބޭފުޅުން ހަމައެކަނި ބުނާ އެއްޗަކަށް ދައްކާ ދަޅައަކަށް، ދުރުން ދައްކާ ފައުންޑޭޝަން އަކަށް، ނުވަތަ ދުރުން ދައްކާ ވާހަކައަކަށް ނުވަތަ ބުނެލާ އެއްޗަކަށް ތިބޭފުޅުން ވޯޓު މިއަދު ވިއްކާ ނުލާށެ. އެއަށް ޒިންމާ ވާށޭ ތިބޭފުޅުން

އިބްރާހިމް މުހައްމަދު ނިޝާން

މީގެ އިތުރުން ނިޝާން ވިދާޅުވީ މިހާތަނަށް ދިވެހި ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނުވަތަ ވައުދެއް ފުއްދިފައި އޮތީ ހަމައެކަނި ރައީސް ޔާމީން އަށް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved