March 16, 2026
Advertisement
މެނިފެސްޓޯއިންވެސް ވައްކަން ކުރާ މީހެއްގެ ވެރިކަމުގައި ކޮންކަމެއްތޯ ރަގަޅަށް ދާނީ: ރައީސް ޔާމީން
މެނިފެސްޓޯއިންވެސް ވައްކަން ކުރާ މީހެއްގެ ވެރިކަމުގައި ކޮންކަމެއްތޯ ރަގަޅަށް ދާނީ: ރައީސް ޔާމީން / ރައީސް އޮފިސް

މެނިފެސްޓޯއިންވެސް ވައްކަން ކުރާ މީހެއްގެ ވެރިކަމުގައި ކޮންކަމެއްތޯ ރަގަޅަށް ދާނީ: ރައީސް ޔާމީން

Dec 2, 2025, 11:05 PM
މާލެ ސިޓީ

އެހެން މީހެއްގެ މެނިފެސްޓޯއެއް އަމިއްލަކޮށް، އެ މެނިފެސްޓޯއިންވެސް ވައްކަން ކުރަމުންދާ މީހެއްގެ ވެރިކަމުގައި ރަގަޅަށް ދާނެ އެއްކަމެއް ވެސް ނޯންނާނެ ކަމަށް ޕީއެންެއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި އާދިއްތަ ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯ ރައީސް މުއިއްޒު އަމިއްލަފުޅު ކުރެއްވި ނަމަވެސް އޭގައި ރައީސް މުއިއްޒުގެ އަމިއްލަ އެއްވެސް ޚިޔާލެއް ނުހުންނާނެ ކަމަށެވެ.

އެގޮތުން ރައީސް ޔާމީން ވަނީ ރައީސް މުއިއްޒުގެ މުސައްނިފަކަށް ހުންނަވާ ނެރުނު ވައުދު ފޮތުގައި ހުންނާނީ ހުސް ރައީސް ޔާމީންގެ މެނިފެސްޓޯގައި ބަޔާން ކޮށްފައި ހުރި ވައުދުތައް ކަމަށާ އެއީ އެމަނިކުފާނު ނުހަނު ގާތުން ބައްލަވަމުން ގެންގޮސްކުރެއްވި މަސައްކަތެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

އެ މެނިފެސްޓޯއަކީ އެތައް ބަޔަކު ރިސާޗުކޮށްގެން ކުރި މަސައްކަތެއް ކަމަށާ އޭގެން ވެސް ރައީސް މުއިއްޒު ކުރައްވަނީ ވައްކަން ކަމަށެވެ. އެގޮތުން ވައުދުތަކުންވެސް ރައީސް މުއިއްޒު ވައްކަންކުރެއްވުމުން ދެން ރަގަޅަށް ދާނީ ކޮންކަމެއްކަމާ މެދު ސުވާލު އުފައްދަވާ ރައީސް ޔާމީން ވިދާޅުވީ، އެހާ ހިސާބުން ފެށިގެންވެސް ރައީސް މުއިއްޒު ކުރައްވަނީ "ވައްކަން" ކަމަށެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒަކީ ބަހާ އަމަލާ ދިމާނުވާ ވެރިއެއްގެ ގޮތުގައި ގިނަ ރައްޔިތުން ސިފަކުރާ ވެރިއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved