March 16, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހު ޖަމާލު
ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހު ޖަމާލު / ސަން އޮންލައިން

މިއަދު ދިވެހިންނަށް ލިބެމުން މިދަނީ ދޮންއަމާ އިންސާފް: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 3, 2025, 01:29 PM
މާލެ ސިޓީ

މިއަދު ދިވެހިންނަށް ލިބެމުން މިދަނީ ދޮންއަމާ އިންސާފް ކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކޮށް، ދެ ފަނޑިޔާރެއް މަގާމުން ވަކި ކުރަން ލާޒިމްވާ ގޮތަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު މިއަދު މަޖިލީހުން ވަނީ ބަލައިގެން މައްސަލައަށް ފާޑުވިދާޅުވެ މަލީހް ވިދާޅުވީ ‏މުއިއްޒުގެ ކުރު ދެ އަހަރުތެރޭ ޤައުމުގެ ހިންގުން އިންތިހާޔަށް ދޯދިޔާވެއްޖެ ކަމަށެވެ.

މިގޮތުން މިވީ ދެ އަހަރު ތެރޭގައު އެންމެ ފަހަތަށް ގޮސްފައިވަނީ ޖުޑިޝިއަރީ ދާއިރާ ކަމަށާއި އިންސާފާއި ހަމަހަމަކަން މި ގައުމުން ނެތިގޮސްފައިވާ ކަމަށް މަލީހް ސިފަކުރެއްވިއެވެ. މީގެ އިތުރުން، ގައުމާއި މެދު ވިސްނާ ބޭފުޅުން ގައުމުގެ ހައްގުގައި ތެދުވާންވީ ވަގުތު ޖެހިއްޖެ ކަމަށްވެސް މަލީހް ވަނީ ގޮވާލާފައެވެ.

-
-

ފަނޑިޔާރުންތަކެއް ގާބިލް ނޫން ކަމަށް ކަނޑައަޅަންޖެހޭ ފަދަ ހާލަތެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މައްޗަށް އުފައްދައި، ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާވެސް ވަނީ ލަފާ ދެއްވާފައެވެ.

ފަނޑިޔާރުން މަގާމުން ވަކިކުރުމާ ގުޅޭ ތަފްސީލީ އިޖުރާއާތުތަކެއް ޖޭއެސްސީގެ ގާނޫނުގައި ބަޔާންކޮށްފައިވާއިރު ސަރުކާރުން ބޭނުންވާ ބަދަލުތައް ގެނައުމަށް ގާނޫނު އަސާސީ މިވަނީ މިހާރު ކުޅޭ ކުޅޭ އެއްޗަކަށްވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved