March 15, 2026
Advertisement
ކައުންސިލަރ އައިމަންއަށް ނަހުލާ ރިޝްވަތު ހުށަހެޅިކަމަށް އައިމަން ޖަލްސާގައި ވިދާޅުވެއްޖެ، ނަހުލަ ހަނު!
ކައުންސިލަރ އައިމަންއަށް ނަހުލާ ރިޝްވަތު ހުށަހެޅިކަމަށް އައިމަން ޖަލްސާގައި ވިދާޅުވެއްޖެ، ނަހުލަ ހަނު! / ތޭރަގްރެފިކްސް

ކައުންސިލަރ އައިމަންއަށް ނަހުލާ ރިޝްވަތު ހުށަހެޅިކަމަށް އައިމަން ޖަލްސާގައި ވިދާޅުވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Oct 23, 2025, 03:53 AM
މާލެ ސިޓީ

މާލެ ސިޓީގެ ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ އަލީ ރިޝްވަތު ހުށަހެޅުއްވި ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރ އަލީ އައިމަން ވިދާޅުވެއްޖެއެވެ.

Advertisement

އައިމަން މިފަދައިން ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 217 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އައިމަން ވިދާޅުވީ ނަހުލާ ބައެއް ކައުންސިލަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވަނީ ބްރެޑް މެޓަރސް ރެސްޓޯރެންޓްގެ ތެރޭގައި ކަމަށެވެ. އެއީ ހުޅުމާލެކަމެއް ނުވަތަ މާލެ ކަމެއް ނަމަވެސް ސާފުކޮށްދެއްވާފައި ނުވެއެވެ.

އެ ބައްދަލުވުމުގައި އައިމަން ވަނީ އިވެލުއޭޝަން ޕްރޮސެސްއަށް ލަފާދޭ ކޮމިޓީގެ މައްސަލަ ބޮޑުވެފައިވާ ކަމަށް ވިދާޅުވެ ކޮމިޓީ އުވާލަން ފެންނަ ކަމަށް ވިދާޅުވެފައެވެ.

އައިމަން ކޮމިޓީ އުވާލާ ވާހަކަ ދެއްކެވިއިރު މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވަނީ އިވޭލުއޭޝަން ކޮމިޓީ އުވާލަން ނިންމާފައެވެ.

ނަހުލާ ބޭނުންވީ ގާނޫނާއި ގަވާއިދުގެ ބޭރުން އިވެލުއޭޝަން ލަފާދޭ ކޮމިޓީގެ މަސައްކަތް ކުރަން ކަމަށް އައިމަން ވިދާޅުވިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން އެކަމާ ހިތް ހަމަ ނުޖެހި އެކަން ހަޖަމުނުވެގެން އެ ކޮމިޓީ އުވާލަން ނަހުލާ ބޭނުންވީ ކަމަށް އައިމަން ވިދާޅުވިއެވެ.

އައިމަން ވަނީ ނަހުލާ އޭނާއަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ހެކިވާނެ ހެކިވެރިން މާލެ ސިޓީ ކައުންސިލްގައި ތިބޭނެ ކަމަށް ވިދާޅުވެފައެވެ.

އައިމަންގެ މިފަދަ ބޮޑު ތުހުމަތެއް ނަހުލާއަށް އަމާޒުކުރި އިރު ނަހުލާ ވަނީ މިކަން ދޮގުކޮށްފައެވެ. އެގޮތުން އޭނާގެ މަސްލަހަތު އޮތް ކުންފުންޏެއް ނޯންނާނެ ކަމަށް ނަހުލާ ވިދާޅުވެފައިވެއެވެ. އަދި ހަގީގަތާ ޚިލާފު ވާހަކަ ނުދެއްކުމަށްވެސް ނަހުލާ ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved