March 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ވާހަކަތަކާއި އަމަލު ސީދާނުކުރާނަމަ ރައްޔިތުންގެ އިތުބާރު ގެއްލޭނެ: ކުރީގެ ނައިބު ރައީސް ފައިސަލް

Mariyam Isaadha
މަރިޔަމް އިސާދާ
Dec 3, 2025, 08:03 PM
މާލެ ސިޓީ

މީހުން ވާހަކަތަކާއި އަމަލު ސީދާނުކުރާނަމަ ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Advertisement

ތުޅާދޫ ސްޕޯޓްސް ކުލަބްގެ 22 ވަނަ ޤުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅު ފައިސަލް ވަނީ މިއަދުގެ ހާލަތާ ވަރަށް ގުޅޭ ފަދަ ކަންކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ފައިސަލް ވަނީ ކަމެއް ކޮށްދޭން ވައުދު ވެއްޖެކަމަށްވާނަމަ ވައުދު ފުއްދަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެވެސް ފުއްދޭނެ ވަރުގެ ވައުދަކަށްވާންޖެހޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި މީހުންނަށް އޮޅުވާލުމުގެ ބޭނުމުގައި ކަންތައްތައް ކޮށްދޭން ވައުދުވުމުގެ ސަބަބުން މުޖުތަމައުގައި ނުރުހުންވުން އިތުރުވެގެންދާކަން ފައިސަލް ފާހަގަކުރެއްވިއެވެ.

ހަަމަ އެހެންމެ، ދައްކާ ވާހަކަތަކާއި އަމަލު ސީދާނުކުރާ ނަމަ ރައްޔިތުންގެ އިތުބާރު ގެއްލޭނެކަން ފާހަގަކުރައްވާ ފައިސަލް ވަނީ ކަންކަމާއި ހަވާލުވެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކުގެ މައްޗަށް އާންމުން ކުރާ އިތުބާރަކީ މިއަދު މި ގައުމުގައި އެންމެ ބޮޑަށް ގެއްލިފައިވާ ކަންތައްކަން ފާހަގަކުރައްވާފަައެވެ.

އަދުލުވެރިކަން ނެތްނަމަ މުޖުތަމައު ތެރޭގައި އޮންނާނީ ނަފްރަތާ ހަމަނުޖެހުން ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި ވައުދެއް ވެއްޖެނަމަ އެ ވައުދު ފުއްދުމާއި މީހެއް ކައިރީގައި ވަކި ކަމެއް ކޮށްދޭން ބުނެފައި އޮތްކަމަށް ވަންޏާ، އެކަމެއް ކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކޮށްދޭން ޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލްގެ ވާހަކަ މިފަދައިން ބައްޓަން ކުރައްވާފައޮވާއިރު މިހާރުގެ ސަރުކާރަށް ވީ މަދު ދުވަސްކޮޅުގެ ތެރޭގައި ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލި ރައްޔިތުން ތިބީ މާޔޫސްކަން މަtIގައިކަން ފާހަގަކޮށްލެވެއެވެ. އެންމެ ބޮޑު ސަބަބaކީ ފައިސަލް ވިދާޅުވި ފަދައިން ބަހާ އަމަލާ ދިމާ ނުވުމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved