April 6, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މިއީ ރައީސް މުއިއްޒު އިސްތިއުފާ ދޭންވީ ވަގުތު: ފައިސަލް ނަސީމް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 5, 2026, 11:28 AM
މާލެ ސިޓީ

އިއްޔެ ބޭއްވުނު އިންތިޚާބުތަކުގެ ނަތީޖާއަށް އިޝާރާތް ކުރައްވައި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މި ސަރުކާރަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.

Advertisement

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ނަސީމް ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ވަގުތު ކަމަށެވެ. އަދި ގައުމު މިހާރު އޮތް ހާލަތުން ސަލާމަތް ކުރުމަށްޓަކައި، އަވަސް އިންތިޚާބަކަށް ގޮސް ރައްޔިތުންނަށް އާ ނިންމުމެއް ނިންމުމުގެ ފުރުޞަތު ދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ފައިސަލް މިހެން ވިދާޅުވެފައިވަނީ، ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ތާއީދު ނެތްކަން އިންތިޚާބުގެ ނަތީޖާއިން ހާމަވެފައިވާ ކަމަށް ބަޔާންކުރައްވަމުންނެވެ.

އިއްޔެ ކުރިއަށްދިޔަ ފެންނަ ނުފެންނަ ވޯޓުގައި ވެސް ވަގުތީ ނަތީޖާ އިން ފެންނަ ގޮތުގައި އާއްމުން ވަނީ ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެފަ އެވެ. ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ ގޮނޑި ސަރުކާރަށް ގެއްލުމުގެ އިތުރުން، ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ވެސް ގިނަ ދާއިރާތަކުން އެމްޑީޕީ އިން ވަނީ ވަރަށް ރަނގަޅު މެޖޯރިޓީ އެއް ސަރުކާރާއި ދެކޮޅަށް ހޯދާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved