theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
ދެ އިންތިޚާބު އެއްކޮށްލާތީ ކުރީގެ ނައިބު ރައީސް ފައިސަލްގެ ފާޑުކިޔުން ސަރުކާރަށް!
Yana Shareef
ޔާނާ ޝަރީފް
07 ޖެނުއަރީ 2026

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމާއެކު ގާނޫނުއަސާސީއަށް އެތައް ބަދަލެއް ގެންނަމުންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުށުތެރެއަށް ބާރުތައް ގެންނަންކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

މިކަމާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ މިއީ އެހެން މަގުސަދެއްގައި ގެންނަ ބަދަލެއް ކަމަށެވެ.

މިދިޔަ ދެ އަހަރު ތެރޭ ގާނޫނުއަސާސީ އަށާއި މުހިންމު އެތައް ގާނޫނަކަށް ސަރުކާރުން ހުށަހަޅައިގެން ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ގެނައި ބަދަލުތަކުގެ މަގުސަދަކީ ބާރުތައް ޖަމާކުރުންކަމަށް ފައިސަލް ވިދާޅުވެފައިވެ އެވެ.

އަދި، ސަރުކާރުގެ އަމަލުތައް ބަހައްޓަން ވާނީ ގައުމަށާއި މުޅި ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދީގެން ކަމަށާއި މި ސަރުކާރާއި މަޖިލީހުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ވާނެ މޮޅެއް ނުފެންނަ ކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ދެ އިންތިހާބު އެއްކޮށްލަނީ ހަރަދުކުޑަކުރަން ކަމަށް ވިދާޅުވާތީ، އެކަމަށް ރައްދު ދެއްވާ ފައިސަލް ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރަން ބޭނުންވާނަމަ އެންމެ ފުރަތަމަ ކުރަންވި ކަމަކީ ބޭކާރު ހަރަދުތައް ހުއްޓާލުން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved