March 19, 2026
Advertisement
ހަސަން ލަތީފް
ހަސަން ލަތީފް / މަޖިލިސް

މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް ތާވަލްކޮށްފި

Aishath Naja
އައިޝަތު ނަޖާ
Mar 4, 2024, 04:38 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާތީ މެމްބަރުން ކަންބޮޑުވުން ފާޅުކުރަނިކޮށް މާދަމާއަށް ޖަލްސާއެއް ތާވަލުކޮށްފި އެވެ.

Advertisement

މަޖިލީހުގެ ޖަލްސާއެއް މާދަމާ އަށް ތާވަލުކުރި ކަމަށް މަޖިލީހުގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވިޔަސް، ޖަލްސާގެ އެޖެންޑާ އަދި އާންމުކޮށްފައިނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބޭއްވުމާއި ގުޅިގެން ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ޖަލްސާތައް ބޭއްވުމަށް ގޮވައިލައި މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.

ކޮންމެ ހަފްތާއެއްގެ ތިން ދުވަހު ޖަލްސާ ބާއްވަން ގާނޫނު ލާޒިމުކުރާ ކަމަށާއި ނިންމަންޖެހޭ މުހިއްމު މައްސަލަތަކެއް ހުރި ކަމަށް ކަންބޮޑުވުންފާޅުކުރައްވައި ހަސަން ލަތީފު ވަނީ ޕޯސްޓެއްކުރައްވާފައެވެ.

މި މައްސަލައާއި ގުޅިގެން މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވީ ޖަލްސާތައް ނުބާއްވަނީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ މަޝްވަރާކޮށްފައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved