theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ރައީސް އޮފިސް
ސިޔާސީ
މަހްލޫފުމެން ފަދަ މީހުންނަކީ ސިޔާސީ ގިބްލައެއް ނެތް، ވަޒީފާގެ ދަހިވެތީން: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
04 ޑިސެމްބަރު 2025
މާލެ ސިޓީ

ކުރީގެ މިނިސްޓަރު އަހުމަދު މަހްލޫފުމެން ފަދަ މީހުންނަކީ ސިޔާސީ ގިބްލައެއް ނެތް، ވަޒީފާގެ ދަހިވެތީން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

މަހުލޫފު ޖަޕާނުގެ އެމްބެސަޑަރުކަމަށް އައްޔަންކުރުމާ ގުޅިގެން ފާޑުވިދާޅުވެ ޕީއެންއެފްގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޑރ ޖަމީލު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

ޑރ ޖަމީލު ވިދާޅުވީ ސިޔާސީ ގޮތުން މިދިޔަ ފަސް އަހަރު އެމްޑީޕީގެ ސަރުކާރުގައި ތިބި މީހުންނަށް ބޮޑެތި މަގާމުތައް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އާންމު މަންޒަރެއްކަމަށެވެ. މިއީ ތަހްޒީބު މުޖްތަމައުތަކުގައި ނަމަވެސް ވަރަށް ހުތުރު އަމަލުތަކެއްކަން ފާހަގަކުރައްވާ ޑރ ޖަމީލު ވަނީ، މިއީ ލަދު ހުތުރު ގަބޫލު ނުކުރާ ބައެއްތޯވެސް ސުވާލު އުފައްދާފައެވެ.

ސިޔާސީ ޕާޓީއަކުން ވެރިކަން ހޯދަނީ ވަރަށް ގިނަ ބަޔަކު ބުރަ މަސައްކަތްކޮށްގެންކަމަށާ މަސައްކަތް ކޮށްގެން ތިމާ ހޯދާ އާމްދަނީއަކީ އެންމެ ޙަލާލު ރިޒްގު ކަމަށް ނަބިއްޔާ ޙަދީޘް ކުރައްވާފައިވާކަން ޑރ ޖަމީލުގެ ޕޯސްޫގައި ފާހަގަކުރައްވާފައިވެއެވެ. ރާއްޖޭގައި ބުރަ މަސައްކަތް ކުރާ ޓެކްސް ޕޭޔަރުންގެ ފައިސާގައި ހިހޫ ތަނުން ކައިގެން ތިބެން ދިމާކުރާ މީހުންނަށް ދޭން އޮތީ ކޮންނަމެއްބާއޭ އައްސަވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ ސިޔާސީ ގޮތުން ދިމާ އިދިކޮޅަށް ފަހު ވަގުތާ ޖެހެން ދެން ތިބެފައި އެޅިހާބަތަކަށް ރިހައިގެ އުސޫލުން މިގޮތަށް މުޅި ޙަޔާތުގައި އުޅޭ މީހުން އެންމެ ގިނައިން ލަައްގަނީ އެމްބަސީތަކަށް ކަމަށެވެ.

މިސާލަކަށް ޖަޕާން، ސިންގަޕޫރު އަދި ޔޫކޭ އެމްބަސީ ޚާއްސަކޮށް ފާހަގަކުރައްވާ ރ ޖަމީލު ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ސިންގަޕޫރު، ޖަޕާން، ލަންޑަން ފަދަ ސިޓީތަކުގައި ހުރިހާ ޚަރަދެއް، ގޭގެ ހުރިހާ ބިލްތަކެއް ދާންދެން ދީފައި ތިބި އެންމެ އިސް މީހުންނަކީ ޕީއެންސީ ނުވަތަ ޑރ. މުއިއްޒުގެ ވެރިކަމަށް އެއްވެސް މަސައްކަތެއް ނުކޮށް ފަހު ވަގުތު މަހްލޫފު ފަދައިން ފުންމާލި މީހުން ކަމަށެވެ.

މި މީހުންނަކީ ސިޔާސީ އެއްވެސް ގިބްލައެއް ނެތް، ވަޒީފާގެ ދަހިވެތީން ކަމުގައި ސިފަކުރައްވާ ޑރ ޖަމީލު ވިދާޅުވީ ލެޕާޑަކަށް އޭނާގެ ހަންގަނޑުގެ ތިކި ބަދަލުުކުރެވޭ ކަމަށާ ހަމަ އެފަދައިން މި މީހުންގެ މިޒާޖެއް ދުވަހަކު ބަދަލެއް ނުވާނެ ކަމަށެވެ.

މަހްލޫފު ގޮތަށް ބައެއް މީހުންގެ އެއްވެސް ތައުލީމެެއް ތަޖްރިބާއެއްވެސް ނެތް މީހުންކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ މިހާރު އެމީހުން އެންގަނޑު ފައްތާފަ އޮތީ ދެން އަންނަ ފިކުރެއްގެ ސަރުކާރުން ވަޒީފާ ހޯދުމަށް ކަމަށެވެ.

މަޙްލޫފު ޕީއެންސީއަށް ފުންމާލި ގޮތަށް ދެން ކޮންމެ ބައެއްގެ ސަރުކާރެއް އުފެދުނަސް އެތަނަކަށް ފުންމާލާނެކަން ކަށަވަރުކުރައްވާ ޑރ ޖަމީލު ވަނީ، ސްކޫލްތަކުގައި ކިޔަވާ ދޭންވީ ކޮން އަޚްލާގެއްކަމާ މެދު ސުވާލު އުފައްދަވާ މަސައްކަތް ނުކޮށް ނުކިޔަވާ ތިއްބަސް އޮތީހަމަ މޮޅުގޮތޭ ކުދިންނަށް ވިސްނައިދޭންވީތޯ ސުވާލު އުފައްދަވާފައެވެ.

ޑރ ޖަމީލުގެ އެ ޕޯސްޓު ނިންމަވާލައްވާފައިވަނީ، އިންސާފުވެރި އަޚްލާގު ރީތި މުޖްތަމައެއް އަޅަމެންނަށް މިންވަރުކޮށްދެއްވުން އެދި ﷲގެ ހަޟްރަތުގައި ދުއާ ދަންނަވަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved