March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ބާރުތައް އަތަށް ކަހާލައިގެން ޝެހެންޝާހަކު އުޅޭ އިރު ރެސްޕޮންސިބިލިޓީ ނަގާނެ މީހެއް ނެތް: ރައިސް ޔާމީން

Faina Faiz
ފައިނާ ފާއިޒް
Dec 5, 2025, 02:33 AM
މާލެ ސިޓީ

ބާރުތައް އަތަށް ކަހާލައިގެން ޝެހެންޝާހަކު، ރައިސް މުހައްމަދު މުއިއްޒު އުޅޭ އިރު ރެސްޕޮންސިބިލިޓީ ނަގާނެ މީހެއް ނެތްކަމަށްކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައިސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ ހައްގުތައް ހޯދާދިނުމުގެ ނަމުގައި ޕާޓީތަކުގައި އުޅޭ މީހުން ވަރަށް ގިނަ ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ ހައްގުގައި ސަރުކާރު ޖަވާބުދާރީކުރުވުމަށް މި ބޭފުޅުން ފެއިލް ވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަލިގަދަ ބޮތްކަކަށް ޕަރުއާނާ ޖައްސާހެން، ފުރުސަތެއް ފެނުނީމަ ރައްޔިތުންގެ ހައްގުގައި އޭ ބުނެ ނިކުންނަ މީހުން ގިނަ ނަމަވެސް، ރައްޔިތުންނަށް އެމީހުންގެ ބޭނުން ހަގީގަތުގައި ޖެހިފައިވާ ދަނޑިވަޅުގައި ސިޔާސީ އެފަދަ މީހުން ރައްޔިތުންނަށް އެހީވާން ބޭނުންނުވާކަމަށް ރައިސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޕީއެންއެފުން ނިކުތީ އެފަދަ ސިޔާސީ މީހުން ފެއިލްވެ ސަރުކާރު ޒިންމާދާރު ކުރާނެ އިދިކޮޅެއް ނެތުމުން ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި ނިކުންނަންވީ ރައްޔިތުން ހަނާވެ، ދުސްތޫރީ ނިޒާމު ފުނޑުމުން ނޫންކަމަށެވެ. އަދި ގައުމު ހަލާކުވެގެން ދާއިރު ގައުމަށް ހިދުމަތް ކުރެއްވި ދޮށީ އަޝްރާފުންވެސް އެބޭފުޅުންގެ މޯރަލް ރެސްޕޮންސިބިލިޓީ ނަގާނެ ފަރާތެއްވެސް ނެތްކަަމަށް ރައިސް ޔާމީން ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved