March 25, 2026
Advertisement
..
.. / އެމްއެންޑީއެފް

ސޯލިހު ސަރުކާރުން މޮރިޝަސްއަށް ދިން ކަނޑުގެ ސަރަހައްދުގައި ދިވެހި ސިފައިން އޮޕަރޭޝަނެއް ހިންގައިފި

Yana Shareef
ޔާނާ ޝަރީފް
Feb 6, 2026, 04:36 AM

ކުރީގެ އިބްރާހިމް މުހައްމަދު ޞާލިގެ ސިއްރު ފޮނުއްވި ސިޓީގެ ސަބަބުން ރާއްޖޭގެ ދެކުނުން އޮތް ކަނޑުގެ ސަރަހައްދުން މޮރިޝަސްއަށް ބައިނަލްއަގްވާމީ ކޯޓުން ދިން ސަރަހައްދުގައި ދިވެހި ސިފައިން އޮޕަރޭޝަނެއް ހިންގައިފި އެވެ.

Advertisement

ރާއްޖޭގެ ދެކުނުން 200 ނޯޓިކަލް މޭލުގެ ސަރަހައްދަކީ ރާއްޖޭގެ ސަރަހެއްދެއްގެ ގޮތުގައި ބަލަން ސިފައިންްނަށް އެންގީ ރައީސް މުހައްމަދު މުއިއްޒެވެ. އެއާއެކު ސިފައިން ވަނީ އެ ސަރަހައްދުގެ ކޮންޓްރޯލް ހޯދިކަން އިއުލާނުކޮށްފަ އެވެ.

ޑިފެންސް މިނިސްޓްރީ އިން އާންމު ކުރި ފޮޓޯއެއްގައި ފެންނަނީ ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ދެ މަސް ބޯޓު އަތުލައިގެންފައިވާ މަންޒަރެވެ. އެއީ ސްރީ ލަންކާގެ ދެ މަސް ބޯޓެވެ.

އެ ދެ ބޯޓު އަތުލައިގަތުމުގެ ކުރިން ސިފައިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ދެކުނުން 200 ނޯޓިކަލް މޭލު ސިފައިން މޮނީޓާކޮށް ބަލަހައްޓަމުންދާނެ ކަމަށެވެ.

އިޓްލޮސް އިން ރާއްޖޭގެ ދެކުނުން ބޯޑަރު ކަނޑައެޅުމުން، ދެކުނުން ރާއްޖެއަށް ލިބޭ 200 ނޯޓިކަލް މޭލުން ބައެއް ގެއްލުނެވެ. ރާއްޖޭގެ އުތުރުން ވެސް 200 ނޯޓިކަލް މޭލެއް ހަމައެއް ނުވެ އެވެ. އެއީ 1976 ވަނަ އަހަރު އިންޑިއާ، ރާއްޖެ އަދި ލަންކާއާ ދެމެދު ބޯޑަރު ބެހުމުގެ އެގްރިމެންޓުން ކަނޑައެޅި ގޮތެކެވެ.

ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ގުނާނީ ގެއްްލުނު ކަނޑުގެ ސަރަހައްދު" ހިމެނޭ ގޮތަށް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved