March 16, 2026
Advertisement
-
- / ސަން އޮންލައިން

އާއިލީ ވަކީލުގެ އެމްއެމްޕީއާރްސީ މައްސަލަ އަނބުރާ ނެގުމަށްފަހު ސަރުކާރުން މައްސަލަތަކަށް ނުވަންނަކަމަށް ބުނެ މުއިއްޒު ބުހުތާނު ދޮގެެއް ހަދައިފި

Yana Shareef
ޔާނާ ޝަރީފް
Dec 5, 2025, 05:38 PM

ޕީއެންސީ ސަރުކާރުން ޝަރުއި ނިޒާމުގެ ތެރެއަށް ނުވަންނަކަމަށްބުނެ ރައީސް މުހައްމަދު މުއިއްޒު ބުހުތާނު ދޮގެއް ހަދައިފިއެވެ.

Advertisement

މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ޒުވާނަކު ވަނީ ވާނުވާ ބަންދުގެ މައްސަލަ އުވާނުލާތީ މުއިއްޒަށް ބަވާ ކުޑަކޮށްލާފައެވެ.

ވާނުވާ ބަންދު އުވާލަން ނަގާނީ ފަސް މިނެޓުކަމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާލުވި ވާހަަކަ އެ ޒުވާނާ ފާހަގަކުރުމުން, ރައްދު ދެއްވާ މުއިއްޒު ވިދާޅުވީ ފަސް މިނެޓު ކީއްކުރަން ސިކުންތެއް ތެރޭވެސް އެކަން ނުކުރާނެކަމަށެވެ.

ކުށުގެ ތުހުމަތުގައި ތިބި 347 މީހުންނަކީ ކުށްވެރިންކަމަށް ނިންމާ އެ މޭރަމުން މުއިއްޒު ވާހަކަ ދައްކަވާ ވިދާޅުވީ އެފަދަ ކުށްވެރިން މިނިވަން ނުކުރާނެކަމަށެވެ. ވާނުވާ ބަންދުގެ މާނަ އޮޅުވާލުމަށް މުއިއްޒު މަސައްކަތް ވެސް ކުރެއްވިއެވެ.

މި ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުވާނެކަމަށް މުއިއްޒު ބުނިއިރު, ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރ އަދި މިހާރު އެމަނިކުފާނުގެ އާއިލީ ވަކީލު އާޒިމާ ޝުކޫރުގެ މައްޗަށް ދައުލަތުން ކުރި ދައުވާތަށް ވަނީ އަނބުރާ ގެންގޮސްަފއެވެ.

މައުލޫމާތު ލިބުނުގޮތުގައި މިކަން ކޮށްފައިވަނީ ސީދާ ރައީސް މުއިއްޒުގެ އޯޑަރަށް ޕީޖީ އައްބާސްއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved