March 12, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ޑްެރަގް ނެޓްވޯކެއްގެ ބޮޑެއްކަމަށް ބުނެ ސަރުކާރުގެ އެސްޕީޑީގެ މަގާމުގައި ހުރި މައިލޯ ނަދަމާ ހައްޔަރަށް!

Yana Shareef
ޔާނާ ޝަރީފް
Dec 5, 2025, 06:45 PM

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ބޮޑުން ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރކަމަށް ރައީސް މުއިއްޒު ހަމަ ޖެއްސި، ސ. ހިތަދޫ، ކޮންމުލި، އަލީ ނަދީމް ހިމެނޭކަން ފުލުހުން އާންމު ކުރި މައުލޫމާތުން ހާމަ ވެއްޖެ އެވެ.

Advertisement

ފުލުހުން ބުނީ މި މީހުން ހައްޔަރު ކުރީ މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުލުހުން ކުރިއަށް ގެންދާ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި ނެޓްވޯރކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާރޗް މަހުން ފެށިގެން ކަމަށް ފުލުހުންގެ ބަޔާނެއްގައި ބުނެފައިވެއެވެ. އަދި މި ނެޓްވޯރކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ކަން ފުލުހުންނަށްވަނީ ހޯދިފައިވެއެވެ. އެގޮތުން ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ނަދީމް އާއި ހާފިޡު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ޙަސަން އަލްފާފް އާއި އަމީން މުޙައްމަދަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

އޮޕަރޭޝަން އަލިމަގު ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި 29 . ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 110 މީހުން ހައްޔަރުކުރިއިރު އޭގެ ތެރެއިން ކޯޓަށް ހާޒިރުކުރި 38 މީހެއްގެ ވަނަވަރު މިދިޔަ މަހުގެ 25، ގައި ހާމަކުރި އެވެ.

އެ އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވިއިރު މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 39 ރަށުގައި އޮޕަރޭޝަން ހިންގި އެވެ. އަދި 105 ތަނެއް ބަލައިފާސްކޮށް ނުވަ އެއްގަމު އުޅަނދާއި ކަނޑު އުޅަނދެއް ބަލައިފާސްކުރި ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓު
ކޮމެންޓްތައު
ރަށުމީހާ
Dec 12, 2025, 03:08 PM
އެސް ޕީ ޑީ މަގާމުގައި ކުޅުދުއްފުށީގައި ވެސް އެބަހުރި މި 3 އަތޮޅަށް ޑްރަގު ފަތުރާ މީހާ.
Pulus
Dec 6, 2025, 02:15 PM
THI HAMA JUHSA STUNT
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved