March 16, 2026
Advertisement
މުއިއްޒު
މުއިއްޒު / ގޫގުލް

ރައްޔިތުންނަށް ކަންކަން ކޮށްދޭނަމޭ ކިޔާފަ ސަޅިބައިސާ ކެނޑިއިރު، ދެ އަހަރުތެރޭ ކުރެވުނު ކަމެއް ހަރާން!

Faina Faiz
ފައިނާ ފާއިޒް
Dec 5, 2025, 10:40 PM
މާލެ ސިޓީ

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ރައްޔިތުންނަށް ކަންކަން ކޮށްދޭނަމޭ ކިޔާފަ ސަޅިބައިސާ ކެނޑިއިރު، ދެ އަހަރުތެރޭ ކުރެވުނުކަމެއް ފެންނާކަށް ނެތެވެ.

Advertisement

މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވުނު ބައްދަލުވުމުގަިއ ވާހަކަފުޅުދައްވަމުން މުއިއްޒު ވިދާޅުވީ، ކޮންމެ ރައްޔިތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރައްވާކަމަށެވެ. އަދި އެއްވެސް ރިކުއެސްޓެއް ދޫކޮށްނުލައްވާނެކަމަށެވެ.

ނަމަވެސް ރޭގެ ޖަލްސާއިން އެކަނި ވެސް ހާމަ ވެގެން ދިޔައީ ރައިސް މުއިއްޒުގެ ސަރުކާރުން އަދި ޚުދު އެމަނިކުފާނުވެސް ރައްޔިތުންގެ ހައްގުތަކަށް އަރައިގަަނެފައިވާ މިންވަރެވެ. ބައްދަލުވުން ފެށިގެން ނިމެންދެން އިވެމުން އައީ ރައްޔިތުންގެ ޝަކުވާއެވެ.

ނަމަވެސް ވެރިކަމަށް، ރަްއޔިތުންގެ ހައްގުތައް އަދާކުރަން ހުންނެވި ރައީސުލްޖުމްހޫރިއްޔާ، ރޮއެ ރޮއެ ހުރި ރައްޔިތު މީހާގެ އާދޭސްވެސް މެދުކަނޑާލެއްވީ، ހިތްހަމަ ނުޖެހޭ ލަފްޒުތައް އަދި ވާހަކަތައް އަޑުއިވުމުންނެވެ. މިފަދަ ވާހަކަތައް އަޑުއެއްސެވުމުގެ ގާބިލުކަން ނެތް ރައިސްއަކަށް އެއްވެސް ރިކުއެސްޓެއް ދޫކޮށްނުލައްވާ ކޮށްދެވޭނެތޯ؟

ރައިސް ވިދާޅުވީ މިޙާތަނަށް ބޭއްވުނު ބައްދަލުވުންތަކުގައި ރައްޔިތުން އެދޭ އެދުންތަކަށް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަަށެވެ. ނަމަވެސް މިކަން މި ބައްލަވަނީ ކިހިނެއްތޯ މިއީ ސުވާލު އުފެދޭކަމެކެވެ. މިހާތަނަށް އެއްވެސް ރައްޔިތެއްގެ ޝަކުވާއަކަށް ނުވަތަ "ރިކުއެސްޓަކަށް" އަދި މިހާތަނަށް ހައްލެއް ލިބިފައިވާކަން އިނގިފައިއެއްނެތެވެ.

އެހެންވީމާ ރައްޔިތުންގެ ރިކުއެސްޓުތައް ފުއްދަވަން ރައިސް މުއިއްޒު މި ކުރައްވާ މަސައްކަތަކީ ކޮބާތޯ؟

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved