March 16, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ސޯޝަލް މީޑިއާ

އައްޑޫއަށް ހޮވާ މެމްބަރުންނަކީ ކީއްކުރާ ބައެއްތޯ ރައީސް ޔާމީން ސުވާލު އުފައްދަވައިފި

Faina Faiz
ފައިނާ ފާއިޒް
Dec 5, 2025, 10:42 PM
މާލެ ސިޓީ

އައްޑޫއަށް ހޮވާ މެމްބަރުންނަކީ ކީއްކުރާ ބައެއްތޯ ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފިއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައިސް ޔާމީން ވިދާޅުވީ އައްޑޫ އަތޮޅުން ކޮންމެ ވެރިކަމެއްގައިވެސް އަންނަނީ ވެރިކަމާ އެއްކޮޅަށް މެޖޯރިޓީއާއި އެކު މެމްބަރުން ހޮވަމުން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރުންވެސް، ޕީއެންސީއިން ވެސް އެ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާކަމަށެވެ.

އެހެންނަމަވެސް މިކަމާ ސުވާލު ކުރަންވީ، ވެރިކަން ކުރާ ޕާޓީތަކަކާ ނޫންކަމަށް ވިދާޅުވެ ރައިސް ވިދާޅުވީ، މި ސުވާލުކުރައްވަންވީ އެ އަތޮޅުގެ ރައްޔިތުން މެޖޯރިޓީ ދީގެން ހޮވާ މެމްބަރުންނާ ކަމަށެވެ.

ރައިސް ޔާމީން ވިދާޅުވީ އައްޑޫ އަތޮޅަކީ، ތައުލީމުގެ ދާއިރާއިންވެސް ކުރިއަރާފައި ތިބި ރައްޔިތުން އުޅޭ އަތޮޅެއް ކަމަށެވެ. އަދި މިއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރައިސް މުއިއްޒު އެ އަތޮޅަށް ގޮސް ތަރައްގީގެ ބޮޑެތި ވާހަކަތައް ދައްކަވާ އެ ތަރައްގީ ނުގެނެވޭތީ އިތުރު ދަތުރެއްވެސް ނުކުރައްވާކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved