May 4, 2026
Advertisement
ޑރ.މުހައްމަދު ޖަމީލް އަހުމަ
ޑރ.މުހައްމަދު ޖަމީލް އަހުމަ / ސަން

ޑރ. ޖަމީލް މުއިއްޒުއަށް: ތިމާއަށް ނޭނގޭ ވާހަކަ ނުދައްކާ

Faina Faiz
ފައިނާ ފާއިޒް
Dec 6, 2025, 12:38 AM
މާލެ ސިޓީ

ތިމާއަށް ނޭނގޭ ވާހަކަ ނުދެއްކުމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ރައިސް މުހައްމަދު މުއިއްޒުއަށް އިލްތިމާސްކޮށްފިއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ، ރައީސް ޔާމީންގެ ނަންފުޅު އިވުމާއެކު ރުޅިގަދަވެ، ތުހުމަތުގައި ތިބި 300 އަށްވުރެ ގިނަ މީހުންނަކީ ކުށްވެރިންގެ ގޮތުގައި ސިފަކުރުމާ ގުޅިގެންނެވެ.

ރައިސް މުއިއްޒު މިފަދައިން ވިދާޅުވީ މާފަންނު ރައްޔިތުންނާ ބައްދުލުކުރަން ރޭ ބޭއްވި ބައްދަލުވުމުގައިއެވެ.

ޑރ. ޖަމީލު ވިދާޅުވީ، މުއިއްޒު އަކީ ފަންޑަމަންޓަލް ޙައްގަކީ ކިހާމުގަައްދަސް އެއްޗެއްކަން އެނގޭ ބޭފުޅެއް ނޫން ކަމަށެވެ.

އިތުރަށް ޑރ. ޖަމީލު ވިދާޅުވީ، ކިތައްމެ ބޮޑު ތުހުމަތެއް އޮތަސް ޝަރީއަތުން ކުށެއް ސާބިތު ނުވާހާހިނދަކު ކޮންމެ މީހަކީ މަޢްސޫމް މީހެއްކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved