March 16, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ކެޕްޝަން ހަދާފައި ރީތި ވާހަކަ ދެއްކިއަސް މިބޭފުޅުން މަސައްކަތް ކުރަނީ ހަމަ ދިމާ އިދިކޮޅަށް: ރައީސް ޔާމީން

Faina Faiz
ފައިނާ ފާއިޒް
Dec 6, 2025, 11:03 PM
މާލެ ސިޓީ

ކެޕްޝަން ހަދާފައި ރީތި ވާހަކަ ދެއްކިއަސް ގައުމުގެ ލީޑަރުން މަސައްކަތް ކުރަނީ ހަމަ ދިމާ އިދިކޮޅަށްކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައިސް ޔާމީން ވިދާޅުވީ މި ސަރުކާރުން އަދި ސަރުކާރުގެ މުވައްސަސާތަކުން މިވަނީ ރައްޔިތުންގެ އަތުގައި ނުނެއްޓޭ ވަރުގެ ކަސްތޮޅެއް އަޅުވާފައި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކަންތައް ކުރާގޮތް މިވަނީ މިހާރު ޖިނާއީ މައްސަލަ ބަލާ ހިސާބަށް ގޮސްފައި ކަމަށެވެ.

ހާލަތު ބަދަލުވެގެން ގޮސްފައި މިވަނީ މުޖުތަމައުގެ މައުސޫމުކަން ގެއްލިގެންދާ ގޮތަށް ކަމަށްވެސް ރައިސް ޔާމީން ވިދާޅުވިއެވެ.

ބައްލަވާލައްވާ ގާނޫނުގެ ހުކޫމަތު ހިނގަނީ ކޮންދާއިރާއެއްގައި، ކިހާވަރަކަށްތޯ؟

ރައިސް ޔާމީން

ރައިސް ޔާމީން ވަނީ މި ސަރުކާރުން މުޖުތަމައުގެ ފެބްރިކް ވީދައިގެން ދާ ވަރަށް މި ކަންތައްތައް ރާވާފައިވާކަންވެސް ފާހަގަކުރައްވާފައިއެވެ.

އަދި މިފަދައިން ގާނޫނު އަސާސީއިން އުފައްދާފައިވާ ޗެކް އެންޑް ބެލެންސްކުރަން ހުރި މުއައްސަސާތައްވެސް މަސައްކަތް ކުރުމަށް މި ސަރުކާރު ފުރުސަތު ނުދޭކަން ފާހަގަކުރައްވާ މި ކަންތައް ކުއްވެރިކޮށްފައިއެވެ.

ރައިސް އިތުރަށް ވިދާޅުވީ މިކަންތައްތައް ރަނގަޅުކުރަން މަސައްކަތް ކުރަން އެބަ ޖެހޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved