theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
މާފަންނު ދާއިރާގެ ރައްޔިތުންނަށް ރައީސް ޔާމީންގެ ހަދިޔާ "ރަސްފަންނު" މިހާރު ހަލާކުގެ ތެރޭގައި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
07 ޑިސެމްބަރު 2025
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާގެ ތެރެއިން، މާފަންނު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި، އެ ދާއިރާގެ ރައްޔިތުން ވަނީ އެމީހުންގެ ގިނަ ޝަކުވާތަކާއި، ގިނަ ދުވަސްވެފައިވާ ކަންބޮޑުވުންތައް ރައީސްގެ އަރިހުގައި ހިއްސާކޮށްފައެވެ. މި ބައްދަލުވުމުގައި ދިރިއުޅުމުގެ ދަތިތަކާއި، އަސާސީ ޚިދުމަތްތައް ނުލިބުމުގެ ވާހަކަތައް ވަނީ ހާމަކޮށްފައެވެ.

ޖަލްސާގައި ވާހަކަ ދެއްކެވި ރައްޔިތަކު ފާހަގަކުރެއްވި ގޮތުގައި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ތެރޭގައި އޭރު ރައީސް ކަމަށް ވާދަކުރެއްވި ކެންޑިޑޭޓުން މާފަންނު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމުގެ ތެރޭގައި އެ ފަރާތުން ވަނީ އެ އަވަށުގެ ރައްޔިތުން މޫދަށް އެރޭނެ ތަނެއް ހަދައިދިނުމަށް އެދިފައެވެ. އެފަހަރު ﷲގެ ރަހުމަތްފުޅުން އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް ޔާމީން ޢަބްދުލްޤައްޔޫމްކަމަށާއި އެމަނިކުފާނު ވަނީ އެ ވައުދު ފުއްދަވައި، މާފަންނު ރައްޔިތުންނަށް ރަސްފަންނު ހަދައިދެއްވާފައި ކަމަށް އެ ފަރާތުން ބުންޏެވެ. ނަމަވެސް، މިހާރު ރަސްފަންނުގައި ހަދާފައިވާ ފާޚާނާތައް ހަލާކުވެ، ބޭނުން ނުކުރެވޭތާ ހަތް އަހަރުވެފައިވާ ކަމަށާއި، މި މައްސަލަ އެ ދާއިރާގެ މެންބަރު މުސްތަފާ އިބްރާހިމް އަށް ދެންނެވި ނަމަވެސް، އެކަމަށް އެއްވެސް ހައްލެއް ލިބިފައިނުވާކަން އެ ރައްޔިތު މީހާ ވަނީ ފާޅުގައި ބަޔާންކޮށްފައެވެ.

-

މީގެ އިތުރުން، އެ ފަރާތުން ވަނީ ދިރިއުޅުމުގެ އުނދަގޫތަކުގެ ވާހަކަ ދައްކަވަމުން، "އުމުރު ދުވަހު ސަރުކާރަށް މަސައްކަތް ކޮށްދޭއިރުވެސް ރައްޔިތުންގެ އަގަޔާއި އަތާއި ދިމާނުވެގެން" އުޅޭ ކަމަށް ބުނެ، މާލީ ދަތިތަކުގެ ވާހަކަ ރައީސްގެ އަރިހުގައި ދަންނަވާފައެވެ.

މާފަންނު ރައްޔިތުންނަށް ދިމާވެފައިވާ އަނެއް ކަންބޮޑުވުމަކީ ބުޅާ ގުއިގެ މައްސަލަ ކަމަށް ފާހަގަކުރައްވާ އެ ފަރާތުން ބުނި ގޮތުގައި، ގިނަ އަދަދެއްގެ ބުޅާ ގުއިތަކުގެ ސަބަބުން ކުޑަކުދިންނަށް ބޭރަށް ނުނިކުމެވޭ ހާލަތަށް އައިސްފައިވާ ކަމަށެވެ. ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ބުޅާ ބެލެހެއްޓުމަށް ފެސިލިޓީއެއް ހަދާފައި ހުރި ނަމަވެސް، ރައްޔިތުންނަށް މިކަމުން ސަލާމަތްވެފައިނުވާ ކަމަށާއި، ބުޅަލުގެ ހުރިހާ ނަޖިހެއް ޚާއްސަކޮށް ވާރޭ ވެހޭއިރު ގޭތެރެއަށް ވަންނަ ކަމަށް އޭނާ ފާހަގަކުރިއެވެ. މިކަމަށް ވީ ހައްލަކީ ކޮބައިތޯވެސް އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

ރައްޔިތުންގެ މި ޝަކުވާތަކަށް ސަމާލުކަން ދެއްވާފައި ކަމަށާއި، މި ބައްދަލުވުންތަކުގެ މަޤްޞަދަކީ ރައްޔިތުންގެ އަޑު އަހައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުން ކަމަށް ރައީސް ވިދާޅުވި ނަމަވެސް މިފަދަ މައްސަލަތަކަށް ސަރުކާރުން އެދެވޭ ސަމާލުކަމެއް މިހާތަނަށް ދީފައިވާ މަންޒަރެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ރައްޔިތުންގެ މިފަދަ ޝަކުވާތަކުން ހާމަވެގެންދަނީ ދިވެހި ރައްޔިތުންނަށްޓަކާ ރައްޔިތުންގެ ހައްގުގައި ވެރިކަމެއް ކޮށްދިން ކަމަށް ރައްޔިތުން އަދިވެސް ގަބޫލުކުރަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved