theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
ވާނުވާ ބަންދާ ގުޅިގެން މުއިއްޒު ދެއްކެވި ވާހަކައާމެދު އެމް.އެޗް.އާރު.ޑަބްލިއު.ޑީ އިން ކަންބޮޑުވުން ފާޅުކޮށްްފި
Faina Faiz
ފައިނާ ފާއިޒް
07 ޑިސެމްބަރު 2025
މާލެ ސިޓީ

މާފަންނު ރައްޔިތުންނާ ބައްދަލުކުރަން ބޭއްވި ހާއްސަ ބައްދަލުުވުމުގައި ރައިސް މުހައްމަދު މުއިއްޒު ވާނުވާ ބަންދާ ގުޅިގެން ދެއްކެވި ވާހަކަފުޅާމެދު މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗް، (އެމް. އެޗް. އާރު. ޑަބްލިއު. ޑީ) އިން ކަންބޮޑުވުން ފާޅުކޮށްްފިއެވެ.

އެ ޖަމިއްޔާއިން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ، ވާނުވާ ބަންދު އުވާލަން ގޮވާލަނީ، ވަކި ޝަރީއަތް ނިމެންދެން ހޭދަވާ ވަގުތު ނޭނގީ ގިނަ ދުވަސްތަކެއް ބަންދުގައި ތިބެން ޖެހޭ ތިބުމުގެ މުއްދަތު ކުރު ކުރުމަށް ނުވަތަ ލުއިތަކެއް ގެނައުމަށް ގޮވާލާ ގޮވާލުމެއް ކަމަށެވެ. އަދި މި ބަންދުތަކަށް ވަކި އުސޫލެއް ކަނޑައެޅުމަށްވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައިއެވެ.

އެ ޖަމިއްޔާއިން ރައިސް އޮފީހުގައި ރައިސް މުއިއްޒުއާ ބައްދަލުކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާނީ، މިފަދަ ހަރުކަށި ބަންދަށް ލުއިތަކެއް ގެނައުމަށް އިލެކްޓްރޯނިކް ޓެގު އަޅުވާ އެމީހުން ގޭ ބަންދައް ދޫކޮށްލުމަށް ސަރުކާރުން އަމަލުކުރަން ފެށި ފެށުމަށް ހުއްޓުމެއް އައިސްފަވާތީ އެކަމާމެދު ސުވާލު ކޮށްފައިކަމަށްވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައިއެވެ.

ނަމަވެސް މިކަމަށް އަދި ވަކި ހައްލެއް ގެނެވިފައި ނުވާއިރު ފުލުހުންނަށް ފެންނަ ވަކި ބަޔަކަށް އިލެކްޓްރޯނިކް ޓޭގު އަޅުވާ ދޫކޮށްލުމަށް ފަހު އަނެއް މީހުން ތިބެނީ އަނިޔާވެރި ބަންދުތަކުގައިކަމަށް، އެމް. އެޗް. އާރު. ޑަބްލިއު. ޑީއިން ވަނީ ފާހަގަކޮށްފައިއެވެ.

ދެވަނަ ކަމަކަށް މި ބަޔާނުގައި ފާހަގަކޮށްފައި ވަނީ ރައިސް މުއިއްޒު ވާނުވާ ބަންދުގައި ތިބި ހުރިހާ ފަރާތެއް އެއީ ކުށްވެރިންގެ ގޮތުގައި ސިފަކުރެއްވި ކުރުމާމެދު ކަންބޮޑުވުން ފާހަގަކޮށްފައިއެވެ. އަދި ޝަރީއަތް ކުރިއަށް ދިޔަ ކަމުގައި ވީނަމަވެސް އެމީހެއްގެ މައްޗަށް ކުށް ސާބިތު ނުވާހާ ހިނދަކު އެއީ ކުށުން ބަރިއަ ވެފައިވާ ފަރާތެއްގެ ގޮތުގައި ދެކުމުގެ ހައްގު އިސްލާމް ދީނުގައި އޮންނަ ކަމަށްވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައިއެވެ.

ވާނުވާ ބަންދުގައި ތިބި މީހުންގެ ޝަރީއަތް އަވަސްކޮށް ބޮޑު ބެކްލޮގް ކްލިއާ ކުރުމަށް ކޯޓު ތަކުގައި ޣާޒީން އިތުރުކުރުމަށާއި މި މައްސަލަ ފައިސާ އަދި ކޯޓު އިމާރާތް އައު ކުރުމަށް މަތި ނުކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved