March 16, 2026
Advertisement
ޕީއެންއެފް ޖަލްސާގައި މަލީހު ވާހަކަ ދައްކަވަނީ
ޕީއެންއެފް ޖަލްސާގައި މަލީހު ވާހަކަ ދައްކަވަނީ / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ސަރުކާރުގެ ކުންފުނިތަކަށް ރިސޯޓު ހެދޭ އިސްލާހާ ގުޅިގެން މަލީހު ކަންބޮޑުވުން ފާޅުކޮށްފި

Faina Faiz
ފައިނާ ފާއިޒް
Dec 8, 2025, 02:49 AM
މާލެ ސިޓީ

ސަރުކާރުގެ ކުންފުނިތަކަށް ރިސޯޓު ހެދޭ އިސްލާހާ ގުޅިގެން ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، މިއީ ދިވެހި ރައްޖޭގެ "ތެޔޮ" ޓުއަރިޒަމްއިން ވައްކަން ކުރަން ހުޅުވި ބޮޑު ގޭޓެއްކަމަށެވެ.

އަދި މިކަމަށް ބަދަލު ނުގެނެސްފި ނަމަ ރާއްޖޭގައި އެންމެ ފަޅުރަށެއްވެސް މި ސަރުކާރުން ނުބާއްވާނެކަމަށް މަލީހު ފާހަގަކުރެއްވިއެވެ. އަދި ފުރަތަމަ ދޭނީ ސަރުކާރު ކުންފުނިތަކަށް ކަމަށާއި ދެން އެކުންފުނިން ރަށް ނުވަތަ ރިސޯޓު ވިއްކާލާނީ ބޭނުންވާ މީހާއަށް ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

އަދި މި ފައިސާއިން ކަޓު ލިބޭނީ ސަރުކާރު ބޮޑުންނަށްކަމަށްވެސް މަލީހު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން މިވަނީ ސަރުކާރުގެ 45 އިންސައްތަ އޮންނަ ކުންފުނިތަކަށް ރިސޯޓު ހެދުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރެވޭ އިސްލާހު ފާށްކޮށްފައިއެވެ. މިކަމާމެދު ގިނަ ފަރާތްތަކެއް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved