March 15, 2026
Advertisement
-
- / ރައީސް އޮފިސް

ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް މުއިއްޒު ކުޅުއްވަނީ ސިޔާސީ ޑްރާމާ: ކުރީގެ އުއްތަމަ ފަނޑިޔާރު

Mariyam Isaadha
މަރިޔަމް އިސާދާ
Dec 8, 2025, 08:13 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ކުޅުއްވަމުން ގެންދަވަނީ ސިޔާސީ ޑްރާމަތަކެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސިފަކުރައްވައިފިއެވެ.

Advertisement

ރައީސް މުއިއްޒު މިފަހުން މާލޭގެ މައްޗަންގޮޅި، މާފަންނު އަދި ހެންވޭރު އަވަށްތަކުގައި ވަނީ ރައްޔިތުންނާ ބައްދަލުކުރައްވާ އެކި ވާހަކަތަކަށް ދައްކަވާފައިވާ ދަނޑިވަޅެއް ޑރ އަހުމަދު ވަނީ އެކަމަށް އިޝާރާތްކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.



ޑރ. އަހުމަދުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ރައީސް މުއިއްޒަކީ ދުސްތޫރީ ބާރުތަކާއި އިހުތިޔާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަށް އާދަވެފައިވާ ވެރިޔެއް ކަމަށެވެ.

މި ސަރުކާރު ވަނީ ދުސްތޫރީ މުއައްސަސާތަކެއްގެ މައްޗަށް ބިނާވެގެންވާ ދައުލަތެއްގައި، ދައުލަތުގެ "ނިޒާމު އާންމު" ނުވަތަ "ޕަބްލިކް އޯރޑަރ" ނެގެހެއްޓުމުގެ އަސާސީ ވާޖިބު އޭގެ ފުރިހަމަ ގޮތުގައި އަދާކުރުމަށާއި، އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ނުކުޅެދިފައި ކަމަށް ވިދާޅުވެ ޑރ އަހުމަދު ވަނީ ޢާންމު ރައްޔިތުންނާއެކު އެކި އަވަށްތަކުގައި ބާއްވަމުން ގެންދާ ބައްދަލުވުންތައް މިޒަމާނުގެ ސިޔާސީ ފިކުރުގައި ސިފަކުރެވެނީ "ސިޔާސީ ޑްރާމާ"އެއްގެ ގޮތުގައި ކަމަސް ވިދާޅުވެފައެވެ.



މިފަދަ ބައްދަލުވުންތަކުގެ މަގުސަދާ ގުޅޭގޮތުން ޑރ. އަހުމަދު ވިދާޅުވީ، އެބައްދަލުވުންތަކުގެ މަގުސަދަކީ ރައީސް މުޢިއްޒު ވެރިކަން ހިންގަވަނީ ރައްޔިތުންގެ ސީދާ ބައިވެރިވުމާއެކު ކަމުގެ ހަގީގަތާ ހިލާފު ތަސައްވުރެއް އުފައްދައި، ރައްޔިތުންގެ އާންމު ރައުޔަށް އޮޅުވާލެއްވުމަށް ކަމަށެވެ. އަދި އެއީ ހަގީގަތުގައި ދެފުށް ފެންނަ މުއައްސަސީ ހެޔޮވެރިކަމެއްގެ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށާއި މިފަދަ ބައްދަލުވުންތަކަކީ ހަގީގީ ރައްޔިތުންގެ ބައިވެރިވުމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް މުއިއްޒުގެ ރައްޔިތުންގެ ބައްދަލުވުންތައް ސިޔާސީ ޑްރާމަތަކެއްގެ ގޮތުގައި ޑރ އަހުމަދު ސިފަކުރެއްވިއިރު، ރައީސް މުއިއްޒު ވަނީ އެ ބައްދަލުވުންތަކުގައި ސަރުކާރާ އިދިކޮޅު ޚިޔާލުފާޅުކުރަނީ ސިޔާސީ މަގްސަދެއް ހާސިލްކުރަން ބަޔަކު ފޮނުވާ މީހުންގެ ގޮތުގައި ސިފަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved