theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
ރައީސް ޔާމީންގެ ރައްދު ބާރަށު މައިކަށް: ފަސް މިނެޓުން ތާސްކުޅެން އިނދެ ބުރިޖު އެޅީވެސް
Mariyam Isaadha
މަރިޔަމް އިސާދާ
08 ޑިސެމްބަރު 2025
މާލެ ސިޓީ

ވާނުވާ ބަންދުގެ މައްސަލަ ހައްލުނުކޮށް ވެރިކަމުގައި ހުންނެވިއިރު ރައީސް އަބްދުﷲ ޔާމީން "އިންނެވީ ތާސްކުޅެން" ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ބުނެފައިވާ ބުނުމަށް ރައީސް ޔާމީންގެ ވަރުގަދަ ރައްދެއް އަމާޒުކުރައްވަފިއެވެ.

ޕީއެންއެފްއިން އާދިއްތަ ދުވަހުގެރޭ ބޭއްވި ޓައުން ހޯލު ޖަލްސާގައި އެ ޕާޓީގެ ސެނެޓަރ އަބްދުއްލަތީފު މުހައްމަދު ވަނީ ވާނުވާ ބަންދާ ގުޅިގެން ބާރަށު ދާއިރާގެ ޝުޖާއު ރައީސް ޔާމީނަށް ރައްދުކޮށް ދެއްކި ވާހަކަތަކަށް އަލި އަޅުވާލާ ސުވާލެއް ރައީސް ޔާމީނަށް އަމާޒުކުރައްވާފައެވެ. އެގޮތުން އޭނާއަށް ލިބިހުރި މައލޫމާތުގެ އަލީގައި ލަތީފު ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގައި ވާނުވާ ބަންދު ނުޖަހާ ކަމަށާ އެކަން ހުއްޓުމުކަށް ގެނެސްފައި އޮތް ކަމަށެވެ. އެހެންކަމުން އެކަމުގެ ތަފްސީލު ދެއްވާ ރައްޔިތުންނަށް އެކަން ސާފުކޮށްދިނުމަށް ލަތީފު ރައީސް ޔާމީން އަރިހު އެދުމުން ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ޝުޖާއަކީ ބަސް ބުނުމުގެ ކުރިން ރިޝްވަތު ނަގާ މީހެއް ކަމަށާ ބަސް ބުނުމަށް ފަހު ވެސް ރިޝްވަތު ނަގާ މީހެއް ކަމަށެވެ.

ފަސް މިނެޓުގެ ވާހަކަ ޝުޖާއު ދައްކާއިރު އެމަނިކުފާނު ތާސް ކުޅުއްވަން އިންނަވައިގެން ގައުމަށް ލިބުނު ގެއްލުމެއް ނެތްކަން ފާހަގަކުރައްވާ އެމަނިކުފާނު މިސާލު ދެއްކެވީ "ޗައިނާ-މޯލްޑިވްސް ފްރެންޝިޕް" ބުރިޖުންނެވެ.

އެމަނިކުފާނު ވިދާޅުވީ ގޮތުގައި އެއީ ތާސް ކުޅެން އިންނަވައިގެން ފަސް މިނެޓުން ގެނައި ތަރައްގީ ކަމަށާ އަދި ތާސް ކުލެން އިންނެވި ވަގުތު ކޮޅުވެސް ތަރައްގީއަށް ހޭދަކުރެވުނު ނަމަ ހޯދާ ނުފެނުނީސް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގައި ވާނުވާ މުއްދަތު ޖަހަން ކޯޓަށް ނުވަންނަ ކަމަށާ ވާނުވާ މައްސަލަ މިފަހަކުން ބަހުސަކަށް ވެގެން އުޅޭތީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީއަކު ވެސް ގުޅުއްވައި އެ މަނިކުފާނުގެ ވެރިކަމުގައި ވާނުވާ ބަންދު ނުޖަހާ ކަމަށް ވިދާޅުވި ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ދެން ވެސް ވިދާޅުވީ އެއީ "ފަސް މިނެޓުން ކުރެވޭނެ ކަމެއް" ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމައިގެން އެމަނިކުފަނު އުޅުއްވިއިރު ޝުޖާއު އުޅުނީ އަދީބުއާ ގުޅިގެން ގައުމުގައި އޮތް ގާނޫނީ ވެރިކަމެއްގެ ނިމުން ގެންނަން ކަމަށެވެ.

ޝުޖާއުއަށް އެނގެންވާނެ ތެއްދޯ، ފަސް މިނެޓު ތާސްކުޅެން އިނދެގެން ނޫންތޯ ބްރިޖު ވެސް އަޅައި ނިންމާލީ. ފަސް މިނެޓު ތާސްކުޅެން އިނދެގެން ކޮށްފައި ހުރި ކަންކަން ތިހުރީ ޝުޖާއުމެންނަށް ފެންނަން، އެހެންވީމާ ތާސް ވެސް ކުޅޭނެ އިނގޭތޯ. ފަސް މިނެޓު ތާސްކުޅެން ނީދެ ގައުމުގެ ތަރައްގީއަށް ހުރިހާ ވަގުތު ދިން ނަމަ ޝުޖާއުމެން ހޯދާ ނުފެންނާނެ ދެއްތޯ. އޭރު ޝުޖާމެން ކުރަން އުޅުނީ ކީއްތޯ؟ އޭރު ޝުޖާއުމެން އުޅުނީ އަދީބުއާ ބަޔަކާ ގުޅިގެން ރައީސް ޔާމީން މަގާމުން ދުރުކުރެވޭތޯ.

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ މީހުންގެ ވާހަކަ ޝުޖާއު ދައްކާއިރު ތިމާގެ ފަސްފަހަތް ވެސް އޮތް ގޮތް ބަލާލަން ވާނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved