March 20, 2026
Advertisement
ކެނދިކުޅުދޫ ކައުންސިލް
ކެނދިކުޅުދޫ ކައުންސިލް / ކެނދިކުޅުދޫ ކައުންސިލް

ކެނދިކުޅުދޫ ކައުންސިލުން ބަޔާން ބާތިލު ނުކުރަން ނިންމައިފި

Aishath Naja
އައިޝަތު ނަޖާ
Mar 4, 2024, 08:08 PM

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބާތިލު ކުރަން ކެނދިކުޅުދޫ ކައުންސިލަށް އެންގި ބަޔާން ބާތިލު ނުކުރަން އެ ކަައުންސިލުން ނިންމައިފި އެވެ.

Advertisement

ނ. ކެނދިކުޅުދޫއަށް މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް އެ ރަށު ކައުންސިލުން ނެރުނު ނޫސްބަޔާން ބާތިލު ކުރުމަށް އެލްޖީއޭއިން ވަނީ އަންގާފައެވެ.

އެލްޖީއޭއިން ކެނދިކުޅުދޫ ކައުންސިލަށް އަންގާފައި ވަނީ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެ ބަޔާން ބާތިލު ކުރުމަށެވެ.

ނަމަވެސް ކެނދިކުޅުދޫ ކައުންސިލުގެ ރައީސް މުހައްމަދު ރައުފް ވިދާޅުވީ، އެ ކައުންސިލަށް ލިބިފައިވާ ގާނޫނީ ލަފަޔާއެކު ކައުންސިލް މެމްބަރުން ނިންމީ ބަޔާން ބާތިލު ނުކުރުމަށް ކަމަށައި، އެގޮތަށް ނިންމީ ބަޔާން ބާތިލު ކުރަން ޖެހޭނެފަދަ ގާނޫނީ ސަބަބެއް އެލްޖީއޭއަށް ބުނެދެވިފައި ނުވާތީ ކަމަށެވެ.

އެލްޖީއޭއިން ލާމަރުކަޒީ ގާނޫނުގެ ބާރު ކެނޑޭ ގޮތަށް އެކި ކަންކަން ކުރަން އެންގުމުން އެފަދަ ކަންކަން ނުކުރުމަށް އެލްޖީއޭއަށް އިލްތިމާސް ކުރާ ކަމަށް ރައުފް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު ކައިރިވެފައި ވަނިކޮށް، ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ބައެއް ރަށްތަކަށް ރައީސް ފެއްޓެވި ދަތުރުފުޅަކީ، ކެމްޕޭނު ދަތުރެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved