ޖަޕާނަށް މިރޭ އައި 7.6 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމި އިދާރާ (މެޓް) އިން ބުނެފިއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ ބިންހެލުން އައިސްފައިވަނީ ޖަޕާނުގެ އައްސޭރިފަށުން 44 މޭލު (70 ކިލޯމީޓަރު) ދުރުން އަދި ގާތްގަނޑަކަށް 33 މޭލު އަޑިއަށް ކަމަށެވެ.
މިރޭ ރާއްޖެ ގަޑިން 19:32 ހާއިރު މި ބިންހެލުން އައިސްފައިވަނީ އައޮމޯރީ އާއި ހޮކައިޑޯގެ އައްސޭރިފަށުގެ ސަރަހައްދަށެވެ.
އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ވަނީ ނެރަފައެވެ.
މި ބިންހެލުމާއި ގުޅިގެން މެޓް އޮފީހުގެ ފޯކާސްޓަރު "ވަގުތު"އަށް މި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް އަސަރު ނުކުރާނެ ކަމަށެވެ.