March 20, 2026
Advertisement
ކެނދިކުޅުދޫ ކައުންސިލަރުން އެލްޖީއޭއާ ދެކޮޅަށް ކުރި ހިމޭން އިހުތިޖާޖު
ކެނދިކުޅުދޫ ކައުންސިލަރުން އެލްޖީއޭއާ ދެކޮޅަށް ކުރި ހިމޭން އިހުތިޖާޖު / ސޯޝަލް މީޑިއާ

އެލްޖީއޭގެ އިންޒާރަށް ކައުންސިލަރުން ޖަވާބުދިނީ އަނގަމަތީ އެޅި ޓޭޕުން!

Mariyam Isaadha
މަރިޔަމް އިސާދާ
Mar 4, 2024, 10:19 PM
ނޫނު އަތޮޅު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންކުރެއްވި ކަމަށް ބުނެ ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ނެގުމަށް ލޯކަލްސް ގަވަމެންޓް އޮތޯރިޓީ (އެލްޖޭއޭ) އިން އެންގި އެންގުމަށް އަމަލު ނުކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ.

Advertisement

ނ. ކެނދިކުޅުދޫ ކައުންސިލުން ބަޔާން ނެރުނީ ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، ރަަސްމީ ދަތުރުފުޅުގެ ނަމުގައި ރައީސް މުއިއްޒު ކެމްޕޭނު ހަރަކާތްތައް ހިންގަވާ ކަމަށް ބުނެއެވެ.

އެކަމާ ގުޅިގެން އެލްޖީއޭއިން ބުނެފައިވަނީ އެއީ ރައީސްގެ ކަރާމާތަށް އަރައިގަތުން ކަމަށާ ބަޔާން ބާތިލުކުރުމަށް އަންގާކަމަށެވެ. އެލްޖޭއޭއިން އެފަދައިން ކައުންސިލަށް އެންގުމާ ގުޅިގެން އެ ބޭފުޅުން ގާނޫނީ ލަފާ ހޯދުމަށް ފަހުގައި ބަޔާން ބާތިލް ނުކުރުމަށް ނިންމާފައިވާ ކަަމަށް އެ ކައުންސިލުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން އެ ކައުންސިލަރުން އަނގަމަތީގައި "އެލްޖީއޭ" މިހެން ލިޔެފައިވާ ޓޭޕް އަޅުއްވައިގެން އެކަމާ ދެކޮޅަށް އިހްތިޖާޖް ކުރައްވާފައިވެސް ވެއެވެ.

މިއަދު 2:00 އާއި ހަމަށް ނޫސްބަޔާން ބާތިލް ނުކޮށްފިނަމަ، ކެނދިކުޅުދޫ ކައުންސިލަރުންގެ މުސާރަ ހިފައްޓަން ނިންމާފައިވާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved