theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ތޭރަގްރެފިކްސް
ސިޔާސީ
މަސްވެރިންގެ ދުވަހު މަސްވެރިން ހެޕީތަ؟
Yana Shareef
ޔާނާ ޝަރީފް
10 ޑިސެމްބަރު 2025

މަސްވެރިންގެ ދުވަސް ފާހަގަކުރާއިރު މަސްވެރިން "ހެޕީ" ތޯ ގިނަ ބަޔަކު ސުވާލުކުރަން ފަށައިފިއެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ޤައުމީ މަސްވެރިންގެ ދުވަހެވެ. މަސްވެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ ސަރުކާރަކުން ވެސް މި ދުވަސް ފާހަގަކުރާއިރު މި ސަރުކާރުން ވެސް ގިނަގުނަ ހަރަކާތްތަކެއް ކުރިޔަށް ގެންދަން ވަނީ ފަށާފައެވެ.

އެހެންނަމަވެސް މަސްވެރިން ބޭނުންވަނީ ކުޅިވަރު ކުޅޭކަށް ނޫންކަމަށާއި މަސްވެރިން ބޭނުންވަނީ މަސްވެރިން ބާނާ މަސް ސަރުކާރުން ވައުދުވި އަގުގައި ގަތުމަށްކަމަށް މަސްވެރިން އަންނަނީ ގޮވާލަމުންނެވެ.

މަސްވެރިންނަށް މަސްކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ދޭނެކަމުގެ ވައުދާއެކު ވެރިކަމަށް އައުމަށްފަހު ރައީސް.މުހައްމަދު މުއިއްޒު ވައުދު ނުފުއްދުމުން ވެސް ގިނަ މަސްވެރިން ވަނީ މުޒާހަރާކޮށްފައެވެ. މިއާއެެކު ދަޅަ ދެއްކުމަށް މަސްވެރިންނަށް ފައިސާ ދޭން ފެށިއެވެ. ފުރަތަމަ ދެތިން މަހެއްގައި ބަރާބަރަށް ފައިސާ ދެއްކި ނަމަވެސް ފަހުން ފަހުން ޕޭމަންޓުތަށް ލަސްވާކަމުގެ ޝަކުވާ މަސްވެރިން ވަނީ ކޮށްފައެވެ.

މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސްވެރިންްގެ ހައްގުތަށް ދިފާއުކުރައްވާ ވާހަކަ ދެއްކެވި ބޭފުޅެކެވެ. ނަމަވެސް މިއަދު މަސްވެރިންގެ ހުރި ކަންބޮޑުވުންތަށް އަޑުއަހަންވީމަ ކަންތައް ބޮޑު ކުރައްވާ ބީރު ކަންފަތެއް ދެއްވާކަމުގެ ޝަކުވާވެސް މަސްވެރިން އަންނަނީ ކުރަމުންނެވެ.

މަސްވެރިންގެ ދުވަހު ބާއްވާ ފޯރަމް ރ.ދުވާފަރުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޝިޔާމް ވަނީ މަސްވެރިންގެ ހުރި ގޮންޖެހުންތަށް ނިމުމަކަށް ގެނެއުމަށް ވަރަށް ދުވަސް ނަގާނެކަމަށް ވިދާޅުވެ ބަހަނާ ދައްކަވާފައެވެ.

މަސްވެރިން ގުނބޯ ހައްދައިން ހޯދި ވެރިކަމެއްގައި މަސްވެރިން ބިކަކޮށް މިވެރިން އުޅުއްވާތީ މަސްވެރިންނާއި މަސްވެރި އާއިލާތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved