March 19, 2026
Advertisement
.
. / ތޭރަގްރެފިކްސް

ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުން ނެތިގެންދާނެކަމަށް ވިދާޅުވެ އަނެއްކާވެސް މުއިއްޒުގެ ބޮޑު ދޮގެއް

Dec 14, 2025, 08:57 AM

ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަށް ވަރަށް އަވަހަށް ނެތިގެންދާނެކަމަށް ރައީސް މުހައްމަދު މުއިއްޒު އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

Advertisement

45 ވަނަ މަސްވެރިންގެ ދުވަހު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުންވަނީ ސަރުކާރަށް ތިން ޑިމާންޑެއްކޮށް މުޒާހަރާކުރަން ފަށާފައެވެ. މަސްވެރިންގެ ސުލްހަވެރި މުޒާހަރާ ފުލުހުންގެ ބާރުގެ ބޭނުންކޮށް ރޫޅާލުމަށްފަހު މަސް 3 ދޯންޏަކާއި މަސްވެރިންތަކެއްގެ ތެރެެއިން ބަޔަކާއި އޮޑިތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ހައްޔަރުކުރިއެވެ.

މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިފްކޯއަށް މަސް ނުގަތުމެވެ. އަދި ކަންނެލީގެ އަގު ވައުދުވިގޮތަށް ނުގަތުމެވެ. ވެރިކަމަށް އައުމުގެކުރިން ވައުދުވީ ކަންނެލި 80ރ އާއި 100ރ އާއި ދެމެދު ގަންނާނެކަމަށެވެ. އެހެންނަމަވެސް ވެރިކަމަށް ދެއަހަރުވެގެންދިޔައިރުވެސް މިވައުދު ނުފުއްދާ ރައީސް މުއިއްޒުގެ އިތުރުން ފިޝަރީޒް މިނިސްޓަރުވަނީ ބަހަނާ ދައްކަވާފައެވެ.

މަސްވެރިންގެ މުޒާހަރާގެ ސަބަބުން ބިރުން ރައީސް މުއިއްްޒު ވަނީ ރ.ދުވާފަރުގައި އޮތް މަސްވެރިންގެ ދުވަހުގެ ޖަލްސާގައި މިކަންކަން ހައްލުވެގެންދާނެކަމަށް ވިދާޅުވެފައެެވެ.

މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސް ގަންނަ އަގުކަން ފާހަގަކުރައްވައި، އެކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވަނީ، ފަރުވާތެރިކަމާއެކު ދުރުރާސްތާއަށް ވިސްނަވާވަޑައިގެން، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނޭ ގޮތަށްކަން މުއިއްޒު ވިދާޅުވިއެވެ.

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމުވެސް ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖެއްސެވުމަށްޓަކައި އިތުރު މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް މިއީ އެއްވެސް ޔަގީންކަމެއް ނެތްކަމަށް ބުނެ މަސްވެރިން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. މަސްވެރިން ވަނީ ވަޒީރު ޝިޔާމްއަދި ރައީސް މުއިއްޒުގެ އިސްތިއުފާއަށް ވެސް ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved