March 19, 2026
Advertisement
މަލީހް ޖަމާލް ވާހަކަ ދައްކަނީ
މަލީހް ޖަމާލް ވާހަކަ ދައްކަނީ / ސޯޝަލް މީޑިއާ

މަސްވެރި އާއިލާތައް މުއިއްޒުއާ ދެކޮޅަށް ނިކުމެއްޖެ ނަމަ، މުއިއްޒު ދާންޖެހޭނީ މަހަށް: މަލީހު

Faina Faiz
ފައިނާ ފާއިޒް
Dec 15, 2025, 12:26 AM
މާލެ ސިޓީ

މަސްވެރި އާއިލާތައް މުއިއްޒުއާ ދެކޮޅަށް ނިކުމެއްޖެ ނަމަ، މުއިއްޒު ދާންޖެހޭނީ މަހަށްކަމަށް ޕީއެންެއެފްގެ ސެކެޓްރީ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، މިއީ މަސްވެރިންގެ ރާއްޖެކަމަށެވެ.

މަސްވެރިންނާއި މަސްވެރި އާއިލާތައް ހިތުގަ ޖައްސާ، އެ އާއިލާތަކަށް ފައިސާ ނުދީ، މާލެ ފަޅަށް ނުވައްދާ، އޮޑިދޯނި ފަހަރަށް އަރާ، މުއްދަތުޖަހާ ހައްޔަރުކޮށް އަދި ބިކަކޮށްގެން އުޅުއްވާއިރު، އެ އާއިލާތައް މުއިއްޒާއި ދެކޮޅަށް ނިކުމެއްޖެ ނަމަ މުއިއްޒު ދާންޖެހޭނީ މަހަށް ކަމަށް މަލީހު ވިދާޅުވިއެވެ.

ޑިސެމްބަރު 10 ވަނަ ދުވަހު ބޮޑުކަންނެލި މަސްވެރިން ވަނީ މާލެ ފަޅުތެރެ ބޭރަށް އިހުތިޖާޖަށް ނިކުމެފައިއެވެ. އަދި މި އިހުތިޖާޖު ތެރެއިން ފުލުހުން ވަނީ ބައެއް މަސްވެރިން ހައްޔަރުކޮށްފައިއެވެ.

މަސްވެރިންނާ ނުކުމެ އިހުތިޖާޖު ކުރަން ފަށާފައިވަނީ ވައުދު ނުފުއްދަންޏާ މަހަަކަށް ނުފުރޭނެކަމަށް ބުނަމުންނެވެ. އެ އިހުތިޖާޖުގައި މަސްވެރިންގެ 3 ޑިމާންޑެއް ކޮށްފައިވެއެވެ. އެގޮތުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމަށާއި ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އާއި 100ރ. އާ ދެމެދު ކަމަށް ކަނޑައެޅުމުގެ އިތުރުން ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމަށް އިހުތިޖާޖުގައި މަސްވެރިން އަންނަނީ ގޮވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved