March 16, 2026
Advertisement
.
. / އަދަދު

މަސްވެރިން އިހުތިޖާޖުކުރަނީ، ވައުދު ނުފުއްދަންޏާ މަހަަކަށް ނުފުރޭނެކަމަށް ބުނެފި

Yana Shareef
ޔާނާ ޝަރީފް
Dec 10, 2025, 05:32 PM

މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ވައުދު ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކުރަން ފަށައިފިއެވެ.

Advertisement

ބޮޑު ކަންނެލި މަސްވެެރިންގެ ޔޫނިއަނުން ކުރިއަށް ގެންދަން ނިންމާފައިވާ މަސްވެރިންގެ އިހުތިޖާޖު ފެށީ ހެނދުނު 9:30 ހާއިރު ހުޅުމާލެ ޖެޓީ ސަރަހައްދުގައެވެ.

އިޖުތިޖާޖުގައި މަސްވެރިން އަންނަނީ ތިން ކަމަކަށް ސަރުކާރަށް ޑިމާންޑުކުރަމުންނެވެ. އެގޮތުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމަށާއި ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އާއި 100ރ. އާ ދެމެދު ކަމަށް ކަނޑައެޅުމުގެ އިތުރުން ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމަށް އިހުތިޖާޖުގައި މަސްވެރިން އަންނަނީ ގޮވަމުންނެވެ.

މަސްވެރިންގެ މުޒާހަރާގައި ޝުއޫރު ފާޅުކުރަމުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް، ހުސައިން ނަޝީދު ވިދާޅުވީ އެ ޔޫނިއަން ވުޖޫދުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ކޮންމެ އަހަރެއްގެ ޑިސެމްބަރު 10، ގައި ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި ހިޔާލު ފާޅުކޮށް އެ އިރެއްގައި އޮންނަ ސަރުކާރަކުން ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވައިލާ ކަމަށެވެ.

މަސްވެރިންގެ ހައްގުތަށް ނިގުޅައިގަންނަކަމުގެ ޝަކުވާ ވެސް މަސްވެރިން ވަނީ ކޮށްފައެވެ. މަސްވެރިންނަށް ފޮނި ހުވަފެން ދައްކާފައި ވެރިކަމަށް އައުމަށްފަހު ވައުދު ފުއްދުމަށް ބަހަނާ ދައްކަވާ ކަމަށް ވެސް މަސްވެރިން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved