March 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކަރަންޓުގައި ޖެހި ފިހުނު މީހާ ނިޔާވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 11, 2025, 01:48 PM
މާލެ ސިޓީ

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ ނޮވެމްބަރު 26 ގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެ ކުންފުނީގެ މުވައްޒަފު ތައިލެންޑުގައި ފަރުވާދެނިކޮށް މިއަދު ނިޔާވެއްޖެ އެވެ.

Advertisement

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ ބުދަ ދުވަހު ހިނގި ހާދިސާގައި ކަރަންޓުގައި ޖެހި ފިހުނީ ކުންފުނީގެ 43 އަހަރުގެ މުއްޒަފެކެވެ. އޭނަ އަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް ވަނީ ތައިލޭންޑަށް ފޮނުވާފައެވެ.

ކަރަންޓްގައި ޖެހުނު ހާދިސާގައި އެ މީހާ ވަރަށް ބޮޑަށް ފިހި ހާލު ސީރިއަސްވެފައިވެ އެވެ.

މުވައްޒަފު ކަރަންޓްގައި ޖެހި ފިހުނު ހާދިސާއާ ގުޅިގެން ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގީ ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލުކުރަމުން ދަނިކޮށް ކަމަށެވެ.

ސްޓެލްކޯ އިން ބުނީ އޭނަގެ ފަރުވާގެ ކަންކަން ވަރަށް ގާތުން ބަލައި، އެ ކުންފުނީގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް އެ މުވައްޒަފުގެ އާއިލާއާ ގުޅިގެން ދޭނެ ކަމަށެވެ.

ހުޅުމާލޭގެ ބާ އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފްވެ، ބައެއް ސަރަހައްދުތަކުން މިދިޔަ ނޮވެމްބަރު 26 ގައި ކަރަންޓުގެ ހިދުމަތް ވެސް ކެނޑުނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved