April 17, 2026
Advertisement
މަލީހު ޖަމާލު
މަލީހު ޖަމާލު / ތޭރަ އޮންލައިން

މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދީ، ނުވަންޏާ އިސްތިއުފާ ދެއްވާ: މަލީހު

Yana Shareef
ޔާނާ ޝަރީފް
Dec 11, 2025, 10:21 PM

މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދިނުމުގައި ނުކުޅެދެންޏާ ބުއްދިވެރިވާނީ ވެރިކަމުން އިސްތިއުފާ ދިނިއްޔާކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ކެއުމާއި މަޖަލުގައި ދުއްވާލިއިރު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ މަސްވެރިންގެ ޑިމާންޑްތަކާއެކު ސުލްހަވެރި އިހުތިޖާޖެއް ފަށާފައެވެ. މި އިހުތިޖާޖަށް ސަރުކާރުގެ އެންގެވުމަށް ފުލުހުން ވަދެ ހުރަސްއެޅުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ މަސްވެރިންގެ އަޑު ސަރުކާރުން އަހަންޖެހޭކަމަށެވެ.

ހަގީގީ ސަރުކާރަކީ މަސްވެރިންކަމަށާއި ބާރުތަށް ފެށިގެން އަންނަނީ މަސްވެރިންގެ ކިބައިންކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. މަލީހުގެ ޕޯސްޓުގައި ވަނީ ދިވެހި މަސްކަނޑުތަށް ބަލަހައްޓާދެނީ މަސްވެރިންކަމަށް ވިދާޅުވެފައެވެ.

މަސްވެރިންނަށް ސަރުކާރުން އަޅާލުމަށް ގޮވާލާ މަލީހު ވަނީ މަސްވެރިންގެ ކަންބޮޑުވުންތައް ހައްުލުކޮށްދެއްވުމަށް އެދިފައެވެ. އެކަން ނުކުރެވޭނަމަ އިސްތިއުފާ ދެއްވުމަށްވެސް މަލީހު ގޮވާލާފައިވެއެވެ.

މަސްވެރިންގެ އިހުތިޖާޖުގައި މަސްވެރިން ވަނީ ސަރުކާރަށް ތިންކަމަކަށް ޑިމާންޑުކޮށްފައެވެ. އެހެންނަމަވެސް ސަރުކާރުން އެކަމަށް އެއްބަސްވެފައިނުވާތީ މަސްވެރިން ވަނީ އިހުތިޖާޖުކުރުން ހުއްޓާ ނުލާނެކަމަށްބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved