May 4, 2026
Advertisement
-
- / އަލީ ނިޝާން

މުއިއްޒުގެ މުޅި ނިޔަތަކީ ވާހަކައިން ތެދާ ދޮގު ޙައްގާއި ބާތިލް އޮޅުވާލުން: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Dec 11, 2025, 11:09 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ މުޅި ނިޔަތަކީ ވާހަކައިން ތެދާއި ދޮގު އަދި ޙައްގާއި ބާތިލް އޮޅުވާލުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ބިޑަކާ ނުލާ ޕްރޮޖެކުޓުތައް ހަވާލުކުރުމާ ސަރުކާރު ތެރެއިން ހިންގަމުންދާ ބޮޑެތި ވައްކަމާ ކޮރަޕްޝަންގެ ތަހުގީގުތައް ހިންގަމުން ނުދާތީ އެކަމަށް އިޝާރާތްކުރައްވާ ޕީއެންއެފްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޑރ ޖަމީލު ވިދާޅުވީ، ކޮރަޕްޝަނަކީ މުއިއްޒުގެ ސަރުކާރުން ބާރަށު ޝުޖާއު، ފަލާޙު، ފަޒުލާއި، މުޢާޒާ، ބޯފަން އަބްﷲ އަދި ވަޖީހު ހިމެނޭ ގޮތަށް ތުހުމަތު ކުރެވޭ ކަންތައްތައް އެކަނި ނޫން ކަމަށެވެ.

ހަމަ އެހެންމެ ބިޑަކާ ނުލައި ބިލިއަނުން މަޝްރޫޢުތައް ބެހުމާ ސަރުކާރު ކުންފުނިތަކުން ރިސޯޓް ހެދުމުގެ ނަމުގައި އެވިޔަފާރިއަށް ވަނުން އެއީ ގަސްދުގައި ރާވައިގެން ކޮރަޕްޝަން ހިންގުން ނޫން ދެން ކޮންކަމެއް ތޯވެސް ޑރ ޖަމީލު ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް މުއިއްޒުގެ މައްޗަށް މިހާރު ކުރެވޭ ރިޝްވަތު ބެހުމުގެ ކުށްތަކާ ސަރުކާރު ތެރެއިން ފާޅުގައި ފައިސާ ނަގަމުންދާ ކަމުގެ ތުހުމަތު ބަޖެޓު އަތަށް ނެގުމުން އިތުރުވެގެންދާ ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved