March 16, 2026
Advertisement
-
- / ތޭރަ އޮންލައިން

މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލަނީ

Yana Shareef
ޔާނާ ޝަރީފް
Dec 12, 2025, 02:51 AM

ބޮޑު ކަންނެލި މަސްވެެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލައި ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގިނަ ބަޔަކު ގޮވާލައިފިއެވެ.

Advertisement

މުޒާހަރާއިން ހައްޔަރުކުރީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ސެކެޓްރީ ޖެނެރަލް އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން މުޒާހަރާއިން ހައްޔަރުކުރި ހަތް މީހުން ދޫކޮށްލަން ގިނަ ބަޔަކު ގޮވާލަން ފަށައިފި އެވެ. މުޒާހަރާއިން ހައްޔަރުކުރީ ތިން ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ގިނަ ބަޔަކު ވަނީ މަސްވެރިން ދޫކޮށްލުމަށް ގޮވާލާފައެވެ.

ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލްވެސް ވަނީ މަސްވެރިންގެ ޑިމާންޑުތަށް ފުރިހަމަކުރުމަށް ގޮވާލާ. މުޒާހަރާގައި ހައްޔަރުކުރި ފަރާތްތަށް ދޫކޮށްލުމަށް ގޮވާލާފައެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނާއި، ނޫސްވެރިންގެ ޖަމިއްޔާގެ އިތުރުން އަމިއްލަ ފަރާތްތަކުން ވެސް ވަނީ މަސްވެރިން ހައްޔަރުން ދޫކޮށްލުމަށް ގޮވާލާފައެެވެ.

މަސްވެރިންގެ މުޒާހަރާގައި ބައިވެރިވާ ދޯނިޔަކަށް ފުލުހުން މިއަދު ހެނދުނު އަރަން ފެށީ މުޒާހަރާގައި ބިދޭސީން ބައިވެރިވާ ކަމަށް ބުނެ އެވެ. ނަމަވެސް، މިހައިތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގަވާއިދާ އެއްގޮތަށް އުޅުނު ހަތަރު ބިދޭސީންނެވެ. އޭގެއިތުރުން މުޒާހަރާގައި ބައިވެރިވާ ދެ ދޯނި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ހައްޔަރުކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، އަދަދު އާ ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ފުލުހުން ދޯނިތަކަށް ފުލުހުން އަރައި އެމީހުންގެ ބެލުމުގެ ދަށަށް ދޯނިތައް ގެންދަން ފެށީ ކޯޓު އަމުރެއް ވެސް ނުދައްކައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved