March 29, 2026
Advertisement
ފިހިގެން ނިޔާވި އަޒްމީލުގެ އާއިލާއަށް ރައީސް ޔާމީންގެ ތައުޒިޔާ
ފިހިގެން ނިޔާވި އަޒްމީލުގެ އާއިލާއަށް ރައީސް ޔާމީންގެ ތައުޒިޔާ / ސޯޝަލް މީޑިއާ

ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ އާއިލާއަށް ރައީސް ޔާމީން ތައުޒިޔާ އަރިސްކުރައްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Dec 12, 2025, 03:55 AM
މާލެ ސިޓީ

ކަރަންޓުގައި ޖެހި ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ އާއިލާއަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ތައުޒިޔާ ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހުގެރޭ ބެއްވި ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި އިންނަވާ އެމަނިކުފާނު ވަނީ، ‏ހުޅުމާލޭ އިންޖީނުގޭގައި ހިނގި ހާދިސާއެއްގައި އަނިޔާވެގެން ފަރުވާ ދެނިކޮށް ނިޔާވި ސްޓެލްކޯގެ މުވައްޒަފު އަހްމަދު އަޒްމީލް (43އ) އާއިލާއަށް ތައުޒިޔާ އަރިސްކުރައްވާފައެވެ.

އެ ހިނގާ ދިޔަ ހިތާމެރި ހާދިސާގައި އަޒްމީލު ނިޔާވުމުން އަޒްމީލުގެ ފުރާނައަށް ހެޔޮ ރަހްމަތް ލައްވާ ފާފަ ފުއްސަވާ ސުވަރުގޭގެ ނިއުމަން މިންވަރު ކުރެއްވުން އެދި ރައީސް ޔާމީން ދުއާ ދަންނަވާފައިވެއެވެ.

އަޒްމީލް ފިހުނީ ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވިޗްގިއަރަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.

ބެންކޮކް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އަޒްމީލް ނިޔާވެފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

ހުޅުމާލޭގެ ބާ އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފްވެ، ބައެއް ސަރަހައްދުތަކުން މިދިޔަ ނޮވެމްބަރު 26 ގައި ކަރަންޓުގެ ހިދުމަތް ވެސް ކެނޑުނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved