March 16, 2026
Advertisement
މަލީހް
މަލީހް / ތޭރަ އޮންލައިން

މަސްވެރިންނާ ގުޅޭގޮތުން މި ސަރުކާރުން މި ހިންގީ ބޮޑު ޖަރީމާއެއް: މަލީހު

Faina Faiz
ފައިނާ ފާއިޒް
Dec 13, 2025, 01:14 AM
މާލެ ސިޓީ

މަސްވެރިންނާ ގުޅޭގޮތުން މި ސަރުކާރުން މި ހިންގީ ބޮޑު ޖަރީމާއެއްކަމަށް ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްގެ ޓައުންހޯލް ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަލީހު ވިދާޅުވީ މިހާރުގެ މަސްވެރިން ބުނަމުން އަންނަނީ، އެމީހުން މަސްވެރިކަން ކުރުމަށް ފުރަނީ އަމިއްލަ ޚަރަދުން ދޯނިތަކަށް ތެޔޮ އަޅައިގެން ކަމަށެވެ.

މިކަމާ ގުޅިގެން މަލީހު ވަނީ، މާލޭ ޖެޓީގައި މަސްވެރިން އެއްވެ އެމީހުންގެ ކަންބޮޑުވުން ފާޅުކުރުމަކީ ހަގީގަތުގައި ސްޕެޝަލް އެކޮނޮމިކް ޒޯނެއް (ޚާއްސަ އިގްތިސާދީ ސަރަހައްދެއް) ކަމަށް ސިފަކޮށްފަ އެވެ. އަދި މި ޚާއްސަ އިގްތިސާދީ ސަރަހައްދެއްގެ ގޮތުގައި އެމީހުންގެ އެއްވުން ބަލައިގަތުމަށްފަހު، މަސްވެރިންގެ އެދުމުގެ މަތިން އެމީހުން ބާނާ މަސް 80 ރުފިޔާއަށް އަދި 100 ރުފިޔާއަށް ގަނެ، ޑިއުޓީ ފްރީކޮށް ތެލާއި އައިސް ފޯރުކޮށްދިނުމަށް މަލީހު ސަރުކާރަށް ގޮވާލާފައިވެ އެވެ.

"މަސްވެރިންނާ ގުޅޭ ގޮތުން މިބޭފުޅުން އަޅުގަނޑުމެންނާ ވާހަކަ ދައްކަވާ އިރު މަސްވެރިންގެ ހާލަތު އަޅުގަނޑުމެންނަށް އެބަ އިނގޭ. ރާއްޖޭގެ އެންމެ ބޮޑު މަސް އޮޑި އެއޮތީ ވިލިގިލި ބަނދަރުގަ ބޮޑު ސިންގާ ލޯނެއް ނަގާ، ލޯނު ދެއްކޭނެ ގޮތެއް ނެތިގެން"

މުހައްމަދު މަލީހު ޖަމާލު

މަސްވެރިންގެ މި ކަންބޮޑުވުންތަކަށް އަޅާނުލެވޭ ކަމަށްވާނަމަ ފިޝަރީޒް މިނިސްޓަރު ޝިޔާމް ކަނޑާލާފައި ގެއަށް ފޮނުވާލާ ފިޝަރީޒް މިނިސްޓްރީ އުވާލުމަށްވެސް މަލީހު ވަނީ ގޮވާލާފައިއެވެ.

މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހުން ފެށިގެން ކުރަމުން އައި އިހުތިޖާޖު ފުލުހުން ބައެއް ދޯނިތަކަށް އަރައި އިއްޔެ ރޫޅާލައި ބައެއް މީހުން ހައްޔަރުކޮށްފައިއެވެ. މިކަމާ ގުޅިގެން މަސްވެރިން އަންނަނީ ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށް އެމީހުންގެ ހައްގުތައް އެމީހުންނަށް ދިނުމަށް ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved