April 23, 2026
Advertisement
.
. / ޕީއެސްއެމް

ވައި ނުސާފުވުމުން ސަލާމަތީ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

Faina Faiz
ފައިނާ ފާއިޒް
Dec 13, 2025, 12:36 AM
މާލެ ސިޓީ

މާލެ ސަރަހައްދުގައި ވައި ނުސާފުވުމުން ސަލާމަތީ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

Advertisement

މާލޭގެ ވައިގެ ކޮލިޓީ އިންޑެކްސް (އޭ.ކިއު.އައި) މިހާރު ހުރީ 138 ގައެވެ. މި މިންގަނޑަކީ ވައި ނުސާފުވުމުން ކުރާ އަސަރު ބޮޑު، ޚާއްޞަކޮށް ނާޒުކު ފަރާތްތަކަށް ރައްކާތެރި ނޫން މިންގަނޑެއް ކަމަށް ވެއެވެ. ވައިގެ ކޮލިޓީ އެންމެ ރަނގަޅު މިންގަނޑަކީ 0-50 އާ ދޭތެރެއެވެ. އަދި ދެވަނައަށް އެންމެ ރަނގަޅީ 50-100 އާ ދޭތެރޭގައި ހުންނަ ނަމައެވެ.

އެޗްޕީއޭއިން އެކްސްގައި ޕޯސްޓުކޮށްފައިވާ ވީޑިއޯގައި ބުނެފައި ވަނީ، ވައި ނުސާފުވުމުގެ ސަބަބުން ފުއްޕާމޭގެ އެކި ބަލިތަކަށް މަގުފަހިވުން އެކަށީގެންވާކަމަށެވެ. އަދި ނާޒުކު ޙާލަތްތަކުގައިވާ މީހުން ބޭރަށް ނިކުންނަ އިރު މާސްކު އެޅުމަށާއި ވައި ނުވަންނަހެން ގޭގައި ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކުގެ އިތުރުން އެހެން މީހުންނަށްވެސް ވައި ނުސާފުވުމުގެ ސަބަބުން ބަލިތައް ޖެހުމުގެ ފުރުސަރު ބޮޑު ކަމަށް އެ އޭޖެންސީއިން ވަނީ ބުނެފައިއެވެ. މިކަމާގުޅިގެން އެޗްޕީއޭއިން ވަނީ، އޮރެންޖު އެލާާޓުވެސް ނެރެފައިއެވެ.

ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގެ ވައިގެ ކޮލިޓީ ކުރިއަށް އޮތް ހަފުތާގައި ވެސް ދަށްވެ، ނުސާފުވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް އޮފީސް) އިން އިއުލާންކޮށްފިއެވެ. މިކަމުގެ މައިގަނޑު ސަބަބަކީ، އުތުރު އިންޑިއާގައި އުފެދޭ ހިރަފުސްގަނޑު އިރުވައި މޫސުމާއެކު ރާއްޖެއަށް ދަތުރުކުރުން ކަމަށް މެޓުން ވަނީ ބުނެފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved