
ޗައިނާއިން އެއްފަހަރާ ގިނަ އަދަދެއްގެ ޑްރޯން ފޮނުވާލެވޭ ބޮޑު އާ ޑްރޯން ކެރިއާއެއް ކަމަށްވާ "ޖިއުޓިއަން" ގެ ފުރަތަމަ ޓެސްޓް ފްލައިޓް ކާމިޔާބީއާއެކު ނިންމާލައިފި އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިއީ މިހާތަނަށް އުފެއްދި އެންމެ ބޮޑު ޑްރޯން "މަދަރޝިޕް" އެވެ.
އޮފިޝަލުން ހާމަކުރައްވާ ގޮތުގައި ޖިއުޓިއަން އަށް 6 ޓަނުގެ ހަތިޔާރާއި ސާމާނު ގެންދެވޭނެ އެވެ. މީގެ ތެރޭގައި ބޮމާއި، ވައިގެ މަގުން އުދުހޭ މިސައިލްތަކާއި، އުޅަނދުފަހަރަށް ހަމަލާދޭ މިސައިލްތަކުގެ އިތުރުން 100 އަށް ވުރެ ގިނަ ކަމިކާޒޭ ޑްރޯން ހިމެނެ އެވެ. ކަމިކާޒޭ ޑްރޯންތަކަކީ އަމާޒުތަކަށް ވެއްޓި ގޮވާގޮތަށް ޚާއްސަކޮށް ފަރުމާކުރެވިފައިވާ ޑްރޯންތަކެކެވެ.
މި ބޯޓު (މަދަރޝިޕް) އަކީ އަސްކަރީ އޮޕަރޭޝަންތަކުގައި ޑްރޯންތަކުގެ ބޮޑެތި އަދަދުތައް (ސްވަރމްސް) ދޫކޮށްލުމަށް ހަދާފައިވާ އުޅަނދެކެވެ. މި ޑްރޯންތަކުން ދުޝްމަނުންގެ ނިޒާމުތަކަށް ހަމަލާދީ، ޖާސޫސްކޮށް، ނުވަތަ އެމީހުންގެ ސިގްނަލްތައް ޖޭމްކުރުމުގެ ގާބިލްކަން ލިބިފައިވެ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ކުރިއަށް އޮތް ވައިގެ ހަނގުރާމައިގެ ދާއިރާގައި ޗައިނާއަށް ވަރުގަދަ ކުރިއެރުމެއް ލިބިދާނެ ކަމެކެވެ.
މި ކާމިޔާބު ޓެސްޓް ފްލައިޓުން ދައްކުވައިދެނީ ޗައިނާއިން އެ ގައުމުގެ އަސްކަރީ ޓެކްނޮލޮޖީ ހަލުވިކަމާއެކު ކުރިއަރަމުންދާ މަންޒަރެވެ. ދުނިޔޭގެ ގައުމުތަކުން މިކަން ގާތުން ބަލަމުންދަނީ، ޑްރޯން ސްވަރމްތަކަކީ އަންނަ ޖީލުގެ ހަނގުރާމައިގެ މުހިންމު ބައެއްގެ ގޮތުގައި ބެލެވޭތީ އެވެ.
ޑިފެންސް އެނަލިސްޓުން ގަބޫލުކުރާ ގޮތުގައި ޖިއުޓިއަން އަށް ހާއްސަކޮށް ކަނޑުގެ ސަރަހައްދުތަކުގައި ނުވަތަ ބޯޑަރު ސަރަހައްދުތަކުގައި ހަނގުރާމަތައް ކުރާ ގޮތް ބަދަލުކޮށްލުމުގެ ގާބިލްކަން ލިބިފައިވެ އެވެ. މި ބޮޑު މަދަރޝިޕް ފުރިހަމައަށް އަސްކަރީ ބޭނުންތަކަށް ނެރެވުމުގެ ކުރިން އިތުރު ޓެސްޓްތަކެއް ހަދާނެ ކަމަށް ބެލެވެ އެވެ.










